web analytics
ް މުނިފޫހި ފިލުވުން

އަޔުޝްމަންގެ އަންހެނުން ޑައިރެކްޓުކުރާ ފުރަތަމަ ފިލްމަށް މަދޫރީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަޔުޝްމަން އަކީ މިހާރު ފިލްމު އިންޑަސްޓުރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. މިއަހަރު އޭނާގެ ދެފިލްމު ނެރެފައިވާއިރު އެދެފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ފިލްމު އިންޓަސްޓުރީއަށް ނިސްބަތް ނުވާ ތަހިރާ އަށް އަޔުޝްމަން ކައިވެނިކޮށްފައިވާއިރު ތަހިރާ މިހާރު އަންނަނީ ފިލްމެއް ޑައިރެކްޓުކުރުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެފިލްމުގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ މަދޫރީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މަދޫރީ ފެނިގެންދާނީ މަންމައެެއްގެ ރޯލުން ކަމަށާއި މަދޫރީގެ ދަރީގެ ރޯލުން ފެނިގެންދާނެ ފަންނާނެއް މިހާރު ދަނީ ހޯދަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެފިލްމުގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނެ ފަންނާނެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 35 އަހަރުގެ ތަހިރާ ވަނީ މީގެ މަސްތަކެއް ކުރިން ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނާގެ ހާލު ރަނގަޅުކަމަށް އަޔުޝްމަން ވަނީ ބުނެފައެވެ. އުރަމަތީ ކެންސަރުގެ ޝިކާރައަކަށް ތަހިރާ ވެފައިވާއިރު އޭނާ ވަނީ އިންސްޓާގުރާމު މެދުވެރިކޮށް އަނެއްކާ ވެސް ކެންސަރު ޖެހިފައިވާ ކަން ހާމަކޮށްފައެވެ.

އެގޮތުން އޭނާ ވަނީ ކެންސަރުގެ ފުރަތަމަ ސުޓޭޖުގައި ކަމަށާއި މިހާރު ހަ ކީމޯ ތެރަޕީ ދީފައިވާ ކަމަށާއި އަދި ބާކީ ހަ ކީމޯ ތެރަޕީ ދޭން އެބައޮތް ކަމަށް ތަހިރާ ވަނީ ބުނެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލައުންޗް ކޮށްފި

ސުވާދީބު

ސެލިއުޓުގައި ޝާހު އާއެކު ފެނިގެންދާނީ ސަނާ

ސުވާދީބު

ކާތިކް ދަރިއަކު ހޯދަން ބޭނުންވަނީ ކެޓްރީނާ އާއެކު

ސުވާދީބު
Share