web analytics
ް މުނިފޫހި ފިލުވުން

އާމިރު ހާންގެ ހުށަހެޅުން ދީޕިކާ ޕަދްކޯން ގަބޫލެއް ނުކުރި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑިއާގެ ހިންދޫންގެ ސަގާފަތުގެ ވަރަށް ބޮޑު ހިއްސާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަހާބަރަތު އަށް ބިނާކޮށް އާމިރު ހާން ބިޔަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި “މަހާބަރަތު” ފިލްމެއްގެ ގޮތުގައި އާމިރު ގެނެސް ދޭން ބޭނުން ވަނީ ހަތް ބައި އެކުލެވޭ ގޮތަށެވެ.

ނަމަވެސް މި ފިލްމާ ބެހޭ ގޮތުން އޭނާ މިހާތަނަށް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި “މަހާބާރަތު” ގެ ވަރުގަދަ އަންހެން ޝަހުސިއްޔަތު ދުރޯޕަޅީގެ ކެރެކްޓާ ކުޅެން ދީޕިކާ ޕަދްކޯނަށް ހުށަހެޅުމުން އޭނާ ވަނީ އެ ރޯލް ބޮލާލައި ޖަހައިފަ އެވެ. މީޑިއާތަކުން ބުނީ ފިލްމު ދީޕިކާ ގަބޫލު ނުކުރީ ތާރީހީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް މި ވަގުތު ކުޅެން ބޭނުން ނުވެގެން ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި އޭނާގެ އެންމެ ފަހުގެ ފިލްމު “ޕަދުމާވަތު” އަކީ ވެސް ތާރީހީ ފިލްމެކެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރި ފިލްމުގައި ދީޕިކާ ޓައިޓްލް ރޯލް ކުޅުނު އިރު، އެ ފިލްމުވެގެން ދިޔައީ މައްސަލަތައް ބޮޑުވި ފިލްމަކަށެވެ.

އެގޮތުން ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު އެކި ފަހަރު މަތިން އިންޑިއާގެ ހިންދޫންގެ ބައެއް ގްރޫޕްތަކުން ފިލްމުގެ ސެޓްތަކާއި ކޮސްޓިއުމްތަކާއި ގަހަނާތަކަށް ގެއްލުން ދިނުމުގެ އިތުރަށް، ބަންސާލީ އަށް ހަމަލާދީ މާރާމާރީ ވެސް ހިންގާފައިވެ އެވެ. އަދި ހިންދޫންގެ ހަރުކަށި އެކްޓިވިސްޓް ގްރޫޕަކުން އޭރު ވަނީ ދީޕިކާ އާއި “ޕަދުމާވަތު” ގައި އަނިޔާވެރި ރަސްކަލެއްގެ ރޯލް ކުޅުނު އަދި ދީޕިކާގެ މިހާރުގެ ފިރިމީހާ ރަންވީރު ސިންގްގެ ކަރު ބުރިކޮށްލާނެ ކަމުގެ އިންޒާރުތަކެއް ވެސް ދީފަ އެވެ.

އަނެއްކޮޅުން މައްސަލަތަކާ ހެދި “ޕަދުމާވަތު” ރިލީޒް ކުރެވުނީ ވެސް ތާވަލު ކުރި ތާރީހަށް ވުރެ، އެތައް ދުވަހެއް ފަހުން ނަން ވެސް ބަދަލުކޮށްގެންނެވެ. ފިލްމަށް ކުރިން ކިޔާފައި ވަނީ “ޕަދުމާވަތީ” އެވެ. އެކަމަކު އެކަމާ ވެސް ހިތްހަމުޖެހިގެން ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފިލްމު ރިލީޒް ކުރަން ޖެހުނީ “ޕަދުމާވަތު” ގެ ނަމުގަ އެވެ.

ދީޕިކާ އާއި އާމިރު ތަރިންތަކަކާ އެކު ކަރަން ޖޯހަރުގެ ސްޓޫޑިއޯގައި.

ރިޕޯޓްތައް ބުނާ ގޮތުން އާމިރުގެ “މަހާބާރާތު” އަށް ދީޕިކާ އެއްބަސް ނުވީ، މި ކަހަލަ ސަބަބުތަކެއް ހުރުމާ އެކު އަނެއްކާ ވެސް އޭނާގެ އިތުރު ފިލްމެއް ބޮޑު މައްސަލަގަނޑަކަށް ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. “ޕަދުމާވަތު” ގެ ކުރިން ވެސް ދީޕިކާ ވަނީ ބަންސާލީއާ އެކު ތާރީހީ އެހެން ފިލްމެއް ކުޅެފަ އެވެ. އެއީ 2015 ގައި ރިލީޒް ކުރި “ބާޖީރާއޯ މަސްތާނީ” އެވެ.

އެހެންވެ ކައިރި ކައިރީގައި ތާރީހީ ހާދިސާތަކަށް ހަދާ ފިލްމުތަކަށް އެއްބަސް ނުވާން ވެސް ހުނަރުވެރި ބަތަލާ މިހާރު ނިންމައިގެން ހުރި ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ އެސިޑްގެ ޝިކާރަކަށްވި އަންހެނެއް ކަމަށްވާ އަދި އެފަދަ ހަމަލާތަކާ ދެކޮޅަށް މިހާރު މަސައްކަތް ކުރާ އެކްޓިވިސްޓް ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އެވެ.

ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ރާޒީ” ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މެގްނާގެ ފިލްމު ފިޔަވައި ދީޕިކާ ސޮއިކޮށްފައި އޮތް އިތުރު ފިލްމެއް މި ވަގުތު އޭނާގެ އަތަކު ނެތެވެ. އަދި މި ފިލްމުވެގެން ދާނީ ކައިވެންޏަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޑީނޯ މޯރިއާ އެނބުރި އަންނާނީ ވެބް ސީރީޒަކުން

ސުވާދީބު

ސާރާއަށް އެއް ލޯ މަރާކަށް ނޭނގޭ

ސުވާދީބު

ނުކުޅެވޭނެ ބާވަތެއްގެ ފިލްމެއް ނެތް: ސާރާ

ސުވާދީބު
Share