web analytics
ކުޅިވަރު

އާސެނަލްއާއި ޔުނައިޓެޑް ބައްދަލުކުރި މެޗް އެއްވަރުވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެ އެވެ.
ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ލީޑުނެގީ ޝޮކޮޑްރަން މުސްތާފީ ޖެހި ގޯލުންނެވެ. މުސްތާފީ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

އާސެނަލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި ޔުނައިޓެޑްގެ މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން ޖެސީ ލިންގާޑް ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުނައިޓެޑަށް ބޭނުންވި ނަތީޖާ ނުނެރެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި އެކަމަކު ކުރިއަށްވުރެ ބޮޑަށް ހިތްހަމަޖެހޭ ސަބަބަކީ ކުޅުންތެރިން މޮޅުވާން ވެގެން ކުރާ މަސައްކަތް ރަނގަޅުވުމުން ކަމަށެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އެ ޓީމަށް މޮޅެއް ނުހޯދުނީ ކޮންމެ ފަހަރަކު ވެސް ލީޑުލިބުމުން ކޮންމެވެސް ވަރަކަށް މެޗު ފަސޭހަކޮށްލުމުގެ ވިސްނުމުގައި ކުޅުންތެރިން ކުޅެން ފެށުމުން ކަމަށެވެ. މި ނަތީޖާއާއެކު އާސެނަލް އޮތީ 30 ޕޮއިންޓާއެކު ލީގްގެ ފަސްވަނައިގައެވެ. އަދި މެންޗަސްޓާރ ޔުނައިޓެޑް އުޅެނީ 22 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އާސެނަލްގެ ކުރީގެ ޗެއާމަން ޕީޓާ ހިލް-ވުޑް ނިޔާވެއްޖެ

ސުވާދީބު

ޓޮޓެންހަމް ދެވަނަ ބުރަށް، އިންޓަ ޔޫރޮޕާ ލީގަށް

ސުވާދީބު

ތައިލެންޑުގެ ވައި ނުސާފުވެ “ފޭކް ވާރޭ” ވެއްސަނީ

ސުވާދީބު
Share