web analytics
ޙަބަރު

އާ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭތޯ ބަލަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށަން އުންމީދުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ މައްސަލަތަަށް ދާއިމީ ހައްލެއް ހޯދަން ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ ވަރަށް އަވަހަށް އިތުރު ކުރަންޖެހޭ ކަމަށެވެ.

“މާލޭ ކޮމާޝަލް ހާބަރުގެ ކޮންޓެއިނާ ޓާމިނަލް ތިލަފުއްޓަށް ބަދަލުކުރުން ވިސްނުމަކީ. މި ބަނދަރުގައި ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތް. ދެފަރާތުން ވެސް މިހާރު އޮތީ ލިމިޓްވެފައި،” އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ކޮންޓެއިނާތައް އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާ އެކު އުފުލޭނެ ގޮތްތަކެއް ހޯދައިގެން މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ. އެމްޕީއެލްގެ އަމާޒަކީ ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް އަމާޒުކޮށްގެން، ތިލަފުށީގައި ފަސޭހަ ކަމާ އެކު މުދާ އުފުލާ ބޭލޭނެ ބަނދަރެއް ތަރައްގީކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރުން މިހާރު މުދާ ބާލައި ކްލިއާ ކުރުމަށް އެވްރެޖުކޮށް 10 ދުވަސް ނަގަ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މި ދުވަސްވަރު މުދާ ކްލިއާކުރުމަށް ދެހަފުތާ ވެސް ހޭދަވެ އެވެ. މުދާ ކްލިއާ ކުރުމުގެ މަސައްކަތް ތިން ދުވަހަށް މަދުކުރެވިއްޖެ ނަމަ، ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުން ގިނަ، ހައްލެއް ބޭނުން:

ސުވާދީބު

އުމުރުން 5 އަހަރުގެ ކުޑަ ކުޑަ ފަރުހީނުއަށް ދީލަތި އެހީއެއް ދެއްވަމާތޯ؟

ސުވާދީބު

ގެއްލުނު ކުއްޖާ ހޯދަން ހެލިކޮޕްޓަރ ބޭނުންކުރަން ފަށައިފި

ސުވާދީބު
Share