web analytics
ޕްރައިމަރީ

އިންޑިއާގައި އެތައް ސަތޭކަ މުސްލިމުންނެއް ހައްޔަރުކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑިއާގެ މުސްލިމުންގެ އާބާދީ މަދު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ އެތައް ސަތޭކަ މުސްލިމުންނެއް ހައްޔަރުކޮށްފިއެވެ.

މިއަދު އެގައުމުގެ ގިނަ ސަރަހައްދުތަކުގައި މުޒާހަރާ ކުރުން މަނާ ކޮށްފައި އޮތް ނަމަވެސް އެތައް ހާސް މުސްލިމުންނެއް ދަނީ އެގައުމުގެ އެކި ކަންކޮޅުތަކުގެ މަގުތަކަށް ނިކުމެ އަޑު އުފުލަމުންނެވެ.

އަލްޖަޒީރާ އިން ބުނީ އެ ގައުމުގެ ވެރިކަން ކުރާ ނިއު ދިއްލީ އިން ފުލުހުންގެ 14 ބަސް ފުރާ މީހުން ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

އަދި މުސްލިމުންގެ ދިފާއުގައި މުޒާހަރާ އަށް ނިކުމެފައިވާ ޣަހިރު މުސްލިމުންގެ އަދަދު ގިނަކަމުން ސަރުކާރަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށްވެސް އަލްޖަޒީރާ އިން ބުނެއެވެ.

މިއަދު އެގައުމުގެ މުމްބާއީގައި ފިލްމީ ތަރިން މުސްލިމުންގެ ދިފާއުގައި މުޒާހަރާ އަށް ނިކުންނާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

އިންޑިއާ ސަރުކާރާއި ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުން އަންނާތީ މިކަން ހުއްޓުވުމަށް ސަރުކާރުން ވަނީ އެ ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށް، އިންޓަނެޓުގެ ޙިދުމަތްވެސް ކަނޑާލާފައެވެ. ނަމަވެސް މުސްލިމުންގެ އަޑު ކަނޑުވައިލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނުކުޅެދިފައެވެ.

ދާދި ފަހުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނު ބުނާގޮތުން އަވަށްޓެރި ބައެއް ގައުމުތަކުން މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބިގެން ދާނެއެވެ. އަދި މިހާރު އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އެމީހުންގެ ކާބަފައިންނަކީ އިންޑިއާ މީހުންކަން ސާބިތު ނުކުރެވޭ މީހުންގެ ރަށްވެހިކަން ބާތިލުކޮށް، ރެފިއުޖީ ކޭމްޕްތަކަށް ބަދަލު ކުރެވިގެން ދާނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމު، އެމްޑީޕީ ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަށް: މުއިއްޒު

ދިވެހި ޕޯސްޓް

އައްޑޫ ސިޓީ، އެކަމަކު ބޭހަށް ދާން ޖެހެނީ މާލެ ސިޓީއަށް؟

ސުވާދީބު

ރައީސް،އިބުރާހިމް މުހައްމަދު ސޯލިހު ބަރުލަމާނީއަށް ތާއިދު ނުކުރަން އަދި ރިޔާސީ ނިޒާމަށް ކުރައްވާ ތާއީދު ދަމަހައްޓަވައިފި

ދިވެހި ޕޯސްޓް
Share