web analytics
ޙަބަރު

އިންޑިއާ އިން ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑިއާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.

 

އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީބަވަންގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ރައީސްގެ އިތުރުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ރައީސް ރާޝްތުރަޕަތީބަވަން އަށް ވަޑައިގަތުމާ އެކު، 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޝަރަފްގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މީގެއިތުރުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ރައީސް ތައާރަފްކޮށްދެއްވި އެވެ. ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިއާގެ ރައީސަށް ވެސް ތައާރަފްކޮށްދިނެވެ.

ރައީސްގެ ދެކަނބަލުން ވަނީ މަހާތުމާ ގާނދީގެ މަގްބަރާ، ރާޖްގަޓަށް ވެސް ވަޑައިގެންފަ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ރޭ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިންޑިއާގެ އިންވެސްޓަރުންނާ ބައްދަލު ކުރައްވައި، ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވި އެވެ.

ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނީ މިއަދެވެ. އެގޮތުން، ރައީސް ސޮއިކުރައްވާނެ އެންމެ މުހިންމު އެއްބަސްވުމަކީ ދިވެހިންނަށް އިންޑިއާ ވިސާގެ ލުއިކަން ހޯއްދަވައި ދެއްވުމާ ގުޅޭ އެއްބަސްވުމެވެ.

ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ތިއްބަވަނީ ވެސް ރިޔާސީ ގަނޑުވަރުގަ އެވެ. ރައީސްގެ ދެކަނބަލުން އިންޑިއާއަށް މި ވަޑައިގަތީ އިންޑިއާއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އަދުރޭ އަލުން ހުށަހަޅުއްވައިފި

ސުވާދީބު

އަފްރާޝީމްގެ މަރަށް ހަ އަހަރު: އާ ސަރުކާރާއެކު އިންސާފަށް އާއިލާ ކުރާ އުންމީދު ބޮޑު

ސުވާދީބު

ކޯލިޝަނުގައި ނުހިމެނޭ ޕާޓީއަކާއެކު މަސައްކަތެއް ނުކުރާނަން: ރައީސް މައުމޫނު

ސުވާދީބު
Share