web analytics
ދުނިޔެ

އިންޑޮނޭޝިޔާގައި ބިންގަނޑު ކަޑައިގެން ގޮސް ނުވަ މީހުން މަރުވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑޮނޭޝިޔާގެ ސުމަޓްރާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި އެ ޕްރޮވިންސްގެ ބިންގަނޑުގެ ކަޑައިގެން ދިޔުމުގެ ހާދިސާ އެއްގައި މިހާތަނަށް ނުވަ މީހުން މަރުވެ އެތަށް ބަޔަކު ގެއްލިއްޖެއެވެ.

ގެއްްލިފައިވާ މީހުންގެ އަދަދު 34 އަށް އަރާކަމަށް ރިޕޯޓުތަށް ބުނާ އިރު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުންނެވެ.

އިންޑޮނޭޝިއަށް ކޮންމެ ހުޅަނގު މޫސުމެއް ނިމޭކޮޅު ބޯކޮށް ވާރޭވެހެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި އެ ޕްރޮވިންސްގެ ބިންގަނޑުގެ ކަޑައިގެން ދިޔުމުގެ ހާދިސާ އެއް ހިންގާފައިވާއިރު މިދިޔަ މަހު މިމަހު 21 ވަނަ ދުވަހު ގޮވި އިންޑޮނީޝިއާގެ އަނަކް ކަރަކަޓައު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު ވަނީ 448 އަށް އަރާފައެވެ.

އެގައުމުގެ ޑިޒާސްޓަރ އެޖެންސީ އިން ބުނާ ގޮތުގައި ތަންތަން ހޯދައި ބަލަމުން ދާވަރަކަށް އެއަދަދު އިތުރުވެދާނެ ކަމުގެ ބިރު ބޮޑު ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން އަދިވެސް ގެއްލިގެން ހޯދަމުން ދާކަމަށް ބުނެފައިވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންޑޮނޭޝިއާގެ ރެޑް ކްރޮސް އިން ދަނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ސުނާމީ އެރީ، 2004 ވަނަ އަހަރު އެރި ސުނާމީއަށް 14 އަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ. ސުމަތުރާއަށް 9.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމަކާ އެކު އެރި އެސުނާމީގެ ސަބަބުން، 14 ގައުމަކުން 227,898 މީހުން މަރުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މެލޭޝިއާގެ ސުލްތާން މުހައްމަދު ރަސްކަން ދޫކޮށްލައްވައިފި

ސުވާދީބު

ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ޕޫޓިން ދީފި

ސުވާދީބު

ކިއުބާއަށް ގިނިހިލައެއް ވެއްޓިއްޖެ

ސުވާދީބު
Share