web analytics
ޙަބަރު

އިބުރާ މަރަން ގޮވާލުމަށް ލަޔާލް މީހުން ފޮނުވި ކަމަށް ތުހުމަތުކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) މަރަން ގޮވާލުމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ ލަޔާލް މަނިކު ބަޔަކު ފޮނުވި ކަމަށް އިބުރާ ތުހުމަތުކޮށްފިއެވެ.

އިބުރާ ފުލުހުންގެ ޓްވިޓާ ހޭންޑަލް ޓެގް ކުރުމަށް ފަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ލަޔާލް ވަނީ އިބުރާއަށް ފާރަލާ، އުޅޭގޮތް ބަލައި، ޓްވީޓްކޮށް އިބުރާ ވަޒީފާ އަދާކުރާތަނަށް އޭނާ މަރަން ގޮވާ ބަޔަކު ފޮނުވާފައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަން ބަލައި ދިނުމަށް އިބުރާ ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.

އިބުރާ މަންދު ކޮލެޖް ކައިރީގައި ސިނގިރޭޓް
ބޯން ހުރި ފޮޓޯއެއް ޓްވީޓް ކުރަމުން ލަޔާލް ވަނީ އިބުރާ ފެނިއްޖެ ކަމަށް ބުނެފައެވެ. އެޓްވީޓަށް ޖަވާބު ދެމުން އިބުރާ ލަޔާލްއަށް “ސްވީޓްހާޓް” އޭ ބުނުމުން ބައެއް މީހުންގެ ފާޑުކިޔުން އިބުރާއަށް އަމާޒުވިއެވެ. ފަހުން އިބުރާ ބުނެފައި ވަނީ އޭނާގެ ދަރިންނާއި އެއް އުމުރުގެ އަންހެނުންނަށް އޭނާ އާއްމުކޮށް ސްވީޓްހާޓް ކިޔާ ކަމަށެވެ.

އިބުރާ އިސްލާމްދީނާއި ދެކޮޅަށް ޓްވީޓްތަކެއް ކުރުމުން އޭނާ އާއި ދެކޮޅަށް ބައެއް އިލްމުވެރިންނާއި އާއްމުން ގެންދަނީ އަޑުއުފުލަމުންނެވެ. އެމައްސަލައިގައި އިބުރާ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ.

އިބުރާ އާއި ދެކޮޅަށް ރޭ މަންދު ކޮލެޖް ކައިރީ ގިނަ އަދަދެއްގެ ޒުވާނުން މުޒާހަރާ ވެސް ކުރިއެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާ ރޫޅާލާ، މުޒާހަރާ ކުރި ޒުވާނުން މަންދު ކޮލެޖް ކައިރިން ދުރަށް ޖައްސާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެއް މިލިއަން ޑޮލަރު ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން

ސުވާދީބު

ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވާ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ސުވާދީބު

ޕީޕީއެމްގެ 11،000 އަށްވުރެ ގިނަ މެމްބަރުން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ބުނެފިއެވެ.

ސުވާދީބު
Share