web analytics
ޙަބަރު

އިސްލާމީ މަރުކަޒު ކުރިމަތީ ކަޅުވަކަރު މިސްކިތް ބެހެއްޓުން ރަނގަޅެއް ނޫން: ޝަހީމް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެކަމަކު އެތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން އޭނާ ދެކޮޅުހައްދަވަނީ، ނަމާދުކުރާ ގޮތަށް އެ މިސްކިތް ރާވާ ނަމަ އެވެ.

ކުރީގެ ސަލްޓަން ޕާކްގެ އިރުދެކުނު ކަންމަތީގައި ވިންޓާ ޕާކެއް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާ ތަނާ މެދު، ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި، ޝަހީމް ވިދާޅުވީ އެހެން މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

ދިރާގުގެ ހެޑް އޮފީސް ކުރިން ހުރީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގަ އެވެ.

“އެއީ ދީނީ ގޮތުން ބަލާއިރު އިލްމުވެރިން ބަހުސް ކޮށްފައިވާ މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވާފައި،” ޝަހީމް ވިދާޅުވި އެވެ.

“ކަޅުވަކަރު މިސްކިތް ބަހައްޓަނީ އެތަނުގައި ނަމާދު ނުކުރެވޭ ގޮތަށް ކަމަށްވާ ނަމަ އަދި ތަރައްގީގެ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުން ނަމަ އެތަނުގައި ބެހެއްޓުން އެންމެ ރަނގަޅު.”

ކަޅުވަކަރު މިސްކިތް ކުރިން ވެސް ހުރީ އިސްލާމީ މަރުކަޒާ ވަރަށް ކައިރީގަ އެވެ. އަދި އިސްލާމީ މަރުކަޒަށް ވުރެ ދަރުމަވަންތަ މިސްކިތާ އެތަން އޭރު ކައިރި އެވެ. އެކަމަކު މިހާރު އެ މިސްކިތް އަލުން ބަހައްޓަން އެ އުޅެނީ އިސްލާމީ މަރުކަޒުގެ ސީދާ ދޮރުމައްޗަށް ވާ ގޮތަށެވެ.

ދިރާގުގެ ކުރީގެ ހެޑް އޮފީސް ހުރި ތަން ސާފުކޮށް މިހާރު ބޭނުންކުރަނީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. އެތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމީ އެކަމާ ގުޅޭ ތަޖުރިބާކާރުންނާއި އާންމުންގެ ހިޔާލު ހޯދުމަށް ފަހު ކެބިނެޓުންނެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި ކުޑަކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރުގަ އެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރޭގަނޑު ޑިއުޓީތަކާއި، ނުރައްކާތެރި ބަލިތައް

ސުވާދީބު

އަދާލަތުން ވާދަކުރަނީ މަޖިލީހުގެ 8 ދާއިރާ އަކަށް

ސުވާދީބު

ޖޭއެސްސީ މެމްބަރުކަމުން ސަލީމް ވަކިކޮށްފި

ސުވާދީބު
Share