web analytics
ދުނިޔެ

އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މެލޭޝިއާގައި ނުބާއްވާނެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 17) – އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މެލޭޝިއާގައި ނުބާއްވާނެ ކަމަށް ފޮރިން މިނިސްޓަރު ސައިފުއްދީން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މެލޭޝިއާގައި ބާއްވާ ފެތުމުގެ މުބާރާތެއްގައި އިޒްރޭލުގެ އެތުލީޓުން ބައިވެރިވުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. ޖުލައި މަހު ބާއްވާ ފެތުމުގެ އިވެންޓަކީ 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކްސްގެ ކޮލިފައިން އިވެންޓެކެވެ.

ސައިފުއްދީން ވިދާޅުވީ ކުޅިވަރުގެ ހަރަކާތަކަށް ނުވަތަ އެ ނޫންވެސް އިވެންޓަކަށް އިޒްރޭލުގެ އެކަކު ވެސް މެލޭޝިއާ އަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މީގެ ފަހުން މެލޭޝިއާގައި ނުބާއްވަން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. އިޒްރޭލާ ސިޔާސީ ގުޅުން މެލޭޝިއާ އިން ގާއިމްކޮށްފައެއް ނުވެ އެވެ. ހުޅަނގު ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިއާ އިން މިދިޔަ މަހު ބުނުމާ ގުޅިގެން މެލޭޝިއާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ދެ ދައުލަތް އުފައްދައިގެން ފަލަސްތީން-އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން ކުރާ މަސައްކަތަށް މެލޭޝިއާ އިން ދެކޮޅު ހަދަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕާކިސްތާނުން އިންޑިއާގެ 360 ކުއްވެރިއަކު މިނިވަން ކުރަނީ

ސުވާދީބު

ޓްރަމްޕްގެ “ސިއްރުތައް އެނގޭ” ރީތި އަންހެނަކު ހައްޔަރުކޮށްފި

ސުވާދީބު

އިންޑިއާގައި ބައްޕައަކާ އެކުވެރިޔަކު ވެގެން ދަރިފުޅު ރޭޕް ކޮށްލައިފި

ސުވާދީބު
Share