ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޒިނޭ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވެސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ނަޝީދުގެ ނަން ވިދާޅުނުވެ ނަމަވެސް ނަޝީދަށް ރައްދުވާގޮތައް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅޭށެވެ.
“ތިމާ އަށް ﷲ ނުފެނުނު ނަމަވެސް، ތިމާ ކުރާ ހުރިހަ ކަމެއް އަދި ބުނާ ހުރިހާ ބަހެއް އަދި ހިތުގައި ފޮރުވިފައިވާ ހުރިހާ ކަމެއް ﷲ ދެކެވޮޑިން އަދި ބައްލަވާ ވޮޑިގެން އަދި މޮޅަށް ދެނެވޮޑިގެންވާކަން ހަނދާން ކުރާށެވެ.” އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ތިބާ ހައްދަވާ ގެންގުޅުއްވާ، ތިބާއަށް ގުނާ އަދަދު ނުކުރެވޭ ފަދަ ނިއުމަތް ދެއްވި ﷲ އަށް ހަމްދާއި ޝުކުރަން ކުރަން ވާނެއެވެ. “ﷲ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ހިނދު ލަދު ގަންނަންވީ އަދި ބިރުގަންނަންވީ މީސްތަކުންނަށް އެނގިދާނެ ކަމަށް ޓަކައެއް ނޫން. ﷲ އަށެވެ.”
އިޔާޒް ވަނީ ޒިނޭ އަށް މަގުފަހިވާ އެންމެހާ ކަންތަކުން ދުރުހެލިވުމަށް ނަސޭހަތް ދެއްވާ ވެސް ޓްވީޓެއް ކުރައްވާފައެވެ.
“އަޅުގަނޑު އެބަ ދަން ވަރަށް ގިނަ ކުދިން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ނުހެދޭނެއޭ. ކައިވެނި ކޮށްގެންނެއް އެހެން ހެދޭނީ. ދެން އޮތް ގޮތަކީ އަޅުގަނޑު އެއިން މީހަކާއި އިނުން.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަަތަކާއި ގުޅިގެން އައްޝައިހް އަލީ ޒައިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “މީހުން ލާދީއޭވެސް ބުނަނީ ހަމަ ބުނާން ވެގެން” ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނެއްގެ ހިތް ފަޅައިގެން ނުބެލި ނަމަވެސް އެމީހަކު އަބަދު ދައްކާ ވާހަކައާއި އަމަލުން އެމީހަކީ ކޮން ޒާތެއްގެ ކޮން ފިކުރެއްގެ މީހެއް ކަން ދެނެގަވޭނެ ކަމަށެވެ.
ނަޝީދު ޒިނޭ ކުރުމަށް ހިތްވަރު ދެއްވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު އެމަނިކުފާނު މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ދީނީ އިލްމުވެރިންނާއި އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
Facebook Comments