web analytics
ތިމާވެށި

އީއައިއޭ ހެދުމުގެ ބާރު އެންވަޔަރްމަންޓް މިނިސްޓްރީ އަށް އަލުން ދެނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް އަލުން ގެންދިއުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިސްޓް ބޭނުމަށް ރިސޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެ ތަންތަނުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ ޒިންމާ ގާނޫނުގެ ދަށުން މަތިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެވެ.

އެކަމަކު، މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ހުށަހެޅުއްވި ބިލްގައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި މިހާރު އޮތް ބާރު އަތުލަން ނިންމައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީއާ އެ މަސައްކަތް ހަވާލު ކުރުމުގެ ކުރިން، އެކަން ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، ރަށްރަށާއި ފަޅުތަކާއި ބިންތަކުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރަން ވާނީ އެންވަޔަރަމަންޓް މިނިސްޓްރީއަށެވެ.

އެހެންވެ، ނިޒާރުގެ އިސްލާހުގައި ވަނީ ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް، ބިމެއް އަދި ފަޅުގައި އެތަނެއްގެ ތިމާވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ މަސައްކަތެއް ކުރަން ވާނީ އެންވަޔަރްމަންޓް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.

ތިމާވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރުމުގެ ހުއްދަ ދޫކުރަން ވާނީ އެންވަޔަރްމަންޓް މިނިސްޓްރީން އެކުލަވާލާފައިވާ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނިޒާރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކާށިދޫ ނެރުމައްޗަށް އެރި ތެޔޮބޯޓު އަދިވެސް ފުން ނުކުރެވޭ

ސުވާދީބު

ކާށިދޫ ފަރަށް އެރި ތެޔޮބޯޓް ފުންކޮށްފި

ސުވާދީބު

މިފޮޓޯތައް ބަލާފައި ”ޖަޒީރާ ހޭޝްޓެގް“ ޖައްސަވަން ބޮޑަށް ރަނގަޅީ ފައިވާނުގެ ދަށް

ސުވާދީބު
Share