ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އީމެއިލް މެދުވެރިކޮށް، އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން ކުރިން އޮތީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ޚިދުމަތަށް އެދެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމިކަން އިއުލާންކޮށްފަ އެވެ.
އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވަން ޖެހޭނީ އީމެއިލްގެ ސަބްޖެކްޓްގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރު ހިމެނޭ ގޮތަށް ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީ އާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީ އާއި ޕާސްޕޯޓް ސައިޒްގައި އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ދާދިފަހުން ވިދާޅުވެފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޕޯސްޕޯޓަށް އެދެވޭނެ އިންތިޒާމެއް ވެސް މިއަހަރު ނިމުމުގެ ކުރިން ހަމަޖައްސަން މިއަހަރު މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
Facebook Comments