web analytics
ޙަބަރު

އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަން އިލްހާމް ނިންމަވައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާއަަށް ކުރިމަތިލައްވަން، ދަނގެތީ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިލްހާމް އަހުމަދު ނިންމަވައިފިއެވެ.

އިލްހާމް މިހާރު ވަނީ އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވަން ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯދަން ހުށަހަޅާފައެވެ. އިލްހާމް އެންމެ ފުރަތަމަ ފުރުއްވީ ގެމަނަފުށީ ދާއިރާގެ ގޮނޑިއެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަނީ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދެވެ.

ދަނގެތީ ދާއިރާ އަށް އިލްހާމް ހޮވި ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމަށްވީ ނަމަވެސް އޭނާ ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް އޭގެފަހުން ޕީޕީއެމްއާ ދެކޮޅަށް ވެސް އިލްހާމް މަސައްކަތް ކުރެއްވިއިރު، އޭނާ ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

ޕީޕީއެމް އާއި ޖޭޕީގެ އިތުރުން އިލްހާމް ވަނީ ކުރީގެ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނައިބު ރައީސްކަން ވެސް މީގެކުރިން ކުރައްވައިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އީމެއިލުން ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަނީ

ސުވާދީބު

ނާޒިމާ – ކުރާނެ، އިސްނަގާނެ، ދާއިރާގެ އަޑު އުފުލާނެ

ސުވާދީބު

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ސުވާދީބު
Share