ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އެންމެ މަހަކު ވެސް 60،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބިއްޖެނަމަ ރެޖިސްޓާ ވާންޖެހޭކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ ފަރާތުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ޒައިދު މުހައްމަދު ވިދާޅުވީ، އާންމު ފަރުދުން 60،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް އެންމެ މަހަކު ލިބުނަސް މީރާގައި އިންކަމް ޓެކްސް ޕޭއާއެއްގެ ގޮތުގައި ރެޖިސްޓާ ވާންޖެހޭކަމަށެވެ. ނަމަވެސް ފިޔަފާރި ކުންފުނިތަކުން ރެޖިސްޓާވާންޖެހޭނީ އަހަރެއްގެ ތެރޭގައި 700،2000 ރުފިޔާއަށް ވުރެ ބޮޑު އާމްދާނީ ލިބޭ ނަމައެވެ.
“ރަޖިސްޓްރީ ކުރުމަކީ އަދި ޓެކްސް ދައްކަންޖެހުމެއް ނޫން. ރަޖިސްޓްރީވާން ލާޒިމުވާ ފަރާތްތަކުން މީރާގެ ދަފްތަރުގައި އެ ބޭފުޅުން ރެޖިސްޓާ ކުރަންޖެހޭނެ. ޓެކްސް ދަންކަން ޖެހޭކަން އެނގޭނީ ބަޔާނެއް ހުށަހަޅާއިގެން އެ ހިސާބު ކުރީމަ،” ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އިންކަމް ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
މިގާނޫނަށް އަމަލުކުރުމުގެ ގޮތުން އިންކަމް ޓެކްސް ނެގުމަށް ގާނޫނުގައި ބުނެފައިވަނީ މިއަދުން ފެށިގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން އިންކަމް ޓެކްސް ނަގަމުންދާ ކަން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުންނެވެ.
އިންކަމް ޓެކްސް ބްރެކެޓްތަކަށް ބަހާލާފައިވާ ގޮތާއި ނެގޭނެ އަދަދު:
• 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ – 0 ޕަސެންޓް.
• 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
• 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
• 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
• 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.
އިންކަމް ޓެކްސް ދައްކަންޖެހޭ މީހުންގެ ސީލިންއެއް ގޮތަށް ސަރުކާރުން މަޖިލީހަށް ބިލް ހުށަހެޅިއިރު އެންމެ ފުރަތަމަ ބިލްގައި ބުނެފައިވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން މި ޓެކްސް ނެގުމަށެވެ. ނަމަވެސް މަޖިލީހުން މިއަދަދު 60،000 ރުފިޔާ އިން މައްޗަށް ޖެއްސުމާ ގުޅިގެން އިންކަމް ޓެކްސް ދައްކަންޖެހެނީ ގާތްގަނޑަކަށް 3،245 މީހުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އިންކަމް ޓެކްސްގެ އިތުރުން މިއަދުން ފެށިގެން ޕެންޝަން އަދި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީން ޓެންސް އާއިރިޓަޔަމަންޓް ފައިދާއިންނާއި ވިޔަފާރީގެ އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އިކުއިޓީ ވެސް ނަގާނެ އެވެ.
Facebook Comments