web analytics
ް މުނިފޫހި ފިލުވުން

އެކްޓަރަކަށް ނުވުމަށް ބައްޕަ، އަނިލް ކަޕޫރު އެދުނު: ރިއާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެކްޓަރަކަށް ނުވުމަށް ބޮލީވުޑުގެ މަޝްހޫރު ބަތަލު އަނިލް ކަޕޫރު އެދިފައިވާ ކަމަށް އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ރިއާ ކަޕޫރު ބުނެފި އެވެ.
އަނިލް ކަޕޫރުގެ އެންމެ ދޮށީ އަންހެން ދަރިފުޅު ސޯނަމް އާއި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، ހާޝްވާދަން ކަޕޫރު އަންނަނީ ބޮލީވުޑުގެ ފިލްމުތަކުގައި އެކްޓުކުރަމުންނެވެ. އެކަމަކު ރިއާ އަންނަނީ އޭނާގެ އަމިއްލަ ފެޝަން ލައިނެއް ހިންގަމުންނެވެ. އަދި ބޮލީވުޑުގެ ބައެއް ފިލްމުތައް ވެސް ޕްރޮޑިއުސް ކުރަމުންނެވެ.

– ރިއާ އާއި ސޯނަމް އަދި ހާޝްވާދަން، ކަރަންއާއެކު ނަގާފައިވާ ފޮޓޯއެއް-

އެ ތިން ބެއިން މިވަނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާ، ކޮފީ ވިތު ކަރަން ޝޯގައި ބައިވެރިވެފައެވެ. މިއީ ޝޯއެއްގައި ތިން މީހުން އެކުގައި ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެއެވެ. ޝޯގައި ކަރަން ވަނީ އެކްޓަރަކަށް ނުވުމަށް ބައްޕަ ބޭނުންވަނީ ކީއްވެތޯ ރިއާ އާ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނީ މަޝްހޫރު ތަރިއެއްގެ ކޮއްކޮ އެއްގެ ގޮތުގައި ބޮލީވުޑުން އޭނާ ބަލައި ގަންނަން ބައްޕަ ބޭނުން ނުވީ ކަމަށެވެ.

މީގެ އިތުރުން އުމުރުން 31 އަހަރުގެ ރިއާ ބުނީ، 2009 ވަނަ އަހަރު ނެރުނު ފިލްމު “ވޭކް އަޕް ސިޑް”ގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް އޭނާއަށް އެތަނަށް ދެވުން ކަމަށެވެ. އަދި އެދުވަހު ފިލްމުތަކުގައި އެކްޓު ކުރުމުގެ ގާބިލުކަން އޭނާގެ ނެތް ކަން ގަބޫލުކުރެވުން ކަމަށް އޭނާ ބުނެއެވެ.

“އައިޝާ” އާއި “ހޫބްސޫރަތު” ފަދަ ކާމިޔާބު ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ރިއާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު، “ވީރޭ ދި ވެޑިން” ގައެވެ. ފެޝަން ޑިޒައިނިންގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ރިއާއަކީ މަޝްހޫރު ފެޝަން ޑިޒައިނަރެއްކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އީވާގެ ޒަމާނީ ސްޓައިލްތަކަށް މީގެ ކުރިން ވެސް ސަމާލުކަން ލިބިފައިވެ އެވެ. އެކަމަކު މިފަހަރު ދިގުހެދުމަކުންނެވެ.

ސުވާދީބު

ސާނިއާ މިރްޒާގެ ދަރިފުޅުގެ ފޮޓޯ ފެނުނުތަ؟

ސުވާދީބު

ނުކުޅެވޭނެ ބާވަތެއްގެ ފިލްމެއް ނެތް: ސާރާ

ސުވާދީބު
Share