web analytics
ޙަބަރު

އެއިޑްސް ޖެހިފައތިބި ބޭރު 2 މީހުން ރާޖޭގައި ސަމާލުވޭ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުންޏަކަށް ގެނައި ބިދޭސީންތަކެއްގެ ތެރެއިން ތިން މީހަކު އެޗުއައިވީ އަށް ޕޮޒިޓްވެގެން ފޮނުވާލަން ގެންދިއުމުން އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެޗްއައިވީ ޖެހިފައި ތިބި މޫސަގެ ދެމުވައްޒަފަކު ފިލާފައިވާކަމަށް އޭނާ ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އެޗްއައިވީއަށް ޕޮޒިޓިވް ވެފައި ހުއްޓާ އަޅުގަނޑުމެން އެމީހުން ފޮނުވާލަން ގެންދިޔައީމާ. ގެންދިޔަ މީހުން ކައިރީގައި ބުނީ ތިމަންނަ މެން ދޭނަމޭ ފަސް ހާސް ރުފިޔާ ދޫކޮށްލަ ދޭށޭ. އޭގެ ތެރެއިން ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑުމެނަށް މި ތަނުން ބޭރުކުރެވުނީ،” މޫސަ ވިދާޅުވިއެވެ.

އެޗްއައިވީ ޖެހިފައި ތިބި މުވައްޒަފުންތައް މަސައްކަތް ކުރީ ކޮން ތަނެއްގައި ކަމެއް މޫސަ ވިދާޅެއް ނުވެއެވެ. މޫސަ އާއިލީ ކުންފުނި ހެވީލޯޑް އަކީ ފުޅާ ދާއިރާއެއްގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ކުންފުންޏެކެވެ.

މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފުލުހުން ބޭނުންވި ނަމަވެސް ފުލުހުންނަށް އެކަށީގެންވާ ޤާނޫނީ ބާރުތަކެއް ލިބިފައި ނެތް ކަމަށެވެ.

“ފުލުހުންނަކަށް ނޯވޭ މި މީހުން ހޯދައިގެން ގެންދިއުމުގެ ބާރެއް. އިމިގްރޭޝަންގައި ހުރިހާ ވެސް ކޮންޓްރޯލެއް އޮންނަނީ. ފުލުހުން ބޭނުންވޭ މިކަންތައް ކޮންޓްރޯލް ކުރަން.” މޫސަ ވިދާޅުވިއެވެ.

މޫސަ އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، މަސައްކަތަށް ގެނަސްފައިވާ ބިދޭސީއަކު ފިލައިގެން ގޮސްފި ނަމަ އެ މީހާ އާއި އެ މީހާ ވަގަށް ގެން ދިޔަ މީހާ އާއި އެކަމަށް އެހީވި މީހާ ވެސް އެއް އަހަރަށް ޖަލަށް ލައި ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ މުއްދަތަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މީތި ހަމަ އެހާ ސަޅިތަ؟

ސުވާދީބު

ޔޫއޭއީގެ ރައީސަށާއި، ބޮޑުވަޒީރަށާއި، ވަލީއަޙުދަށް، ރައީސް ސޯލިހު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ސުވާދީބު

މިދިޔަ މަހު އެކަނިވެސް ޖެންޑަރ އަށް 290 މައްސަލަ ހުށަހެޅި

ސުވާދީބު
Share