web analytics
ޙަބަރު

އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ: ސީއެސްސީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ސިވިލް ސާވިސް ކޮމިޝަނުގެ އާ އުސޫލަށް ފެއްތުމަށް ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު ހީވެފައިވާކަމަށް އަޑު ފެތުރުނު ނަމަވެސް މި އުޞޫލާ ގުޅިގެން ނުވަތަ ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ކޮމިޝަނުން އަންގާފައެއް ނުވާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ. އެކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރ 23، “މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން” ގެ ދަށުން އެކުލަވާލާފައިވާ “ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަންވީ ގޮތުގެ އުޞޫލު” އާ ގުޅިގެން ޙަޤީގަތް އޮޅޭ ފަދަ ގޮތަކަށް މީޑިއާގައި ހަބަރު ފެތުރެމުންދާ ކަމުގައެވެ.

ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ އުޞޫލު ނުވަތަ ރިޑަންޑަންސީ އުޞޫލަކީ، މާރިޗު 2008 ގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފެށީއްސުރެ، އެކިއެކި ސަބަބުތަކާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަމުންދާ އުޞޫލެއްކަމަށްވެސް އެކިމިޝަނުން ބުނެފައި ވެއެވެ.

މި އުޞޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތްތައް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 223 ވަނަ މާއްދާގައިބަޔާންކުރެވިފައިވާނެކަމަށާއި މި އުޞޫލަކީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް އަމަލުކުރުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުން ތަފާތު އެކި މިންގަނޑުތައް ގެންގުޅޭތީވެ، ހުރިހާ އިދާރާއަކުން ވެސް އެއް ހަމަޔަކުން މެރިޓް އުޞޫލުން އެއް މިންގަނޑަކަށް އަމަލުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ އުޞޫލެއްކަމަށްވެސް ސީއެސްސީން ބުނެއެވެ.

“މި އުޞޫލާ ގުޅިގެން ނުވަތަ ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ކޮމިޝަނުން އަންގާފައެއް ނުވާނެއެވެ. އަދި ދަންނަވަމެވެ. އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ބަދަލުގައި އެކަށޭނަ ވަޒީފާއެއް ސިވިލް ސަރވިސްގެ އެހެން އިދާރާއަކުން މަޖައްސައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް ކޮމިޝަނުން އަރުވަމެވެ” ސީއެސްސީގެ ބަޔާނުގައި ވެއެވެ.

އާ އޮނިގަނޑާ އެކު ހައުސިން މިނިސްޓްރީގެ ގާތްގަނޑަކަށް 40 ވަރަކަށް މުވައްޒަފުން އަންނަނީ ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު ހީވެފައިވަނީ ސިވިލް ސާވިސްގެ އާ އުސޫލުގައި ޖީއެސް 3 އަދި ޖީއެސް 4 ރޭންކުގެ މުވައްޒަފުން ހިމެނިފައެއް ނުވެ އެވެ. އެ އުސޫލުގައި ހިމެނިފައިވަނީ އެމްއެސް 1 އިން ފެށިގެން މަތީގެ ރޭންކުތަކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަސް ދުވަސް ތެރޭގައި ހަތް ވަނަ މަރު – މިއަދު މީހަކު މަރުވީ ރިސޯޓެއްގައި

ސުވާދީބު

އަދީބަށް އެމްޓީޑީގެ ރައީސް ކަމެއް ނުކުރެވޭނެ: އީސީ

ސުވާދީބު

މޫނު ބުރުގާގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރ ހެއްދެވީ އިތުރުފުޅު!

ސުވާދީބު
Share