web analytics
ކުޅިވަރު

އެއް އަހަރުގެ ތެރޭ ދެބެންނަށް ތިން ރިހި މެޑަލް!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ނޭޕާލުގައި މިއަދު ނިމުނު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރިހި މެޑަލް ހާސިލްކުރިއިރު، މިއީ ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ބައިނަލްއަގްވާމީ މުބާރާތްތަކުން މި ދެބެން ހޯދި ތިން ވަނަ ރިހި މެޑަލް އެވެ.

ނަބާހާ އާއި ނަބީހާ އަކީ ވިމެން ޑަބަލަސްގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަނެވެ. މި ދެބެން ފާއިތުވި އަހަރުތެރޭ ރިހި މެޑަލް ހޯދި ބައިނަލްއަގްވާމީ ތިން މުބާރާތަކީ މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ ޔޫތު މުބާރާތާއި މި ފަހަރުގެ ޔޫތު މުބާރާތުގެ އިތުރުން މި އަހަރު ޖޫން މަހު އޮތް މޮރިޝަސް ބެޑްމިންޓަން ސީރީސްގަ އެވެ. މޮރިޝަސް މުބާރާތަކީ ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފް ފެންވަރުގެ މުބާރާތެކެވެ.

މި ފަހަރުގެ ދެކުނު އޭޝިއާ ޔޫތު މުބާރާތުގެ ފައިނަލު މެޗުތައި މިއަދު އިންޑިއާގެ ޕެއާ އެއް ކަމަށްވާ ޕޫރްވާ ބާވޭ އާއި ތަނީޝާ ކްރާސްތޯއާ ދެކޮޅަށް ނަބާހާ އާއި ނަބީހާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ސެޓުގައި 21-12 އިން ދިޔަ ނަމަވެސް ދެ ވަނަ ސެޓުގައި ރަނގަޅު ފައިޓެއް ދިނެވެ. ދެ ވަނަ ސެޓު ނިމުނީ 21-18 އިންނެވެ.

މި ފަހަރުގެ ދެކުނު އޭޝިއާ މުބާރާތުގައި ނަބާހާ ވަނީ އަންހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ސެމީގައި އޭނާ ބަލިވީ އިންޑިއާގެ މަލްވި ބެންސޯޑް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-09، 21-14 އިންނެވެ.

މި މުބާރާތުގައި ކުޅުނު ރާއްޖޭގެ ޓީމުގައި ހިމެނެނީ ނިބާލް އަހުމަދާއި މުހައްމަދު އާކިފް، މުހައްމަދު ރަފާހު އަދި މާޝާ ރަޝީދު އެވެ. މި ކުޅުންތެރިން ވެސް ވަނީ ނިސްބަތުން ކުރިއަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ބެޑްމިންޓަނުން ދެން ކުރިއަށް އޮތީ ސީނިއާ ކުޅުންތެރިންނާއި ޖޫނިއާ ކުޅުންތެރިން ވެސް ވާދަކުރާ ނޭޕާލް އިންޓަނޭޝަނަލް ސީރީސް އާއި ބަންގްލަދޭޝް މުބާރާތެވެ. މިދިޔަ އަހަރު މި މުބާރާތުގައި ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އަންނަ އަހަރު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެ އަށް ބެޑްމިންޓަނުން ރަން މެޑެއްޔެއް ގެނައުމަށް ޓާގެޓް ކަނޑައަޅައިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މުބާރާތްތަކެއް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް އަންނަނީ ހޯދައިދެމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އުފަލުގެ ކަރުނަ ފާއްދާލި ފޮޓޯތަކެއް

ސުވާދީބު

ތައިލެންޑުގެ ވައި ނުސާފުވެ “ފޭކް ވާރޭ” ވެއްސަނީ

ސުވާދީބު

ބެންޒެމާގެ ލަނޑުން ރެއާލް ތިންވަނަ އަށް، އެތުލެޓިކޯ އަށް އުނދަގޫ މޮޅެއް

ސުވާދީބު
Share