web analytics
އީރާން އެމެރިކާގެ ހަމަލާތަކެއް

އެމެރިކާއިން ޖެނެރަލް ސޮލޭމާނީ މަރައިލުމަކީ ހަނގުރާމައިގެ އަމަލެއް: އީރާން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެމެރިކާއިން ޖެނެރަލް ގާސިމް ސޮލޭމާނީ މަރައިލުމަކީ ހަނގުރާމައިގެ އަމަލެއްކަމަށް އީރާން އިން ބުނެފިއެވެ.
ގާސިމް ސޮލެމާނީ ހުކުރު ދުވަހު މާރާލާފައިވަނީ އިރާގުގެ ބަގުދާދުގެ އެއާޕޯޓު ކައިރިން ޑްރޯން ހަމަލާއެއް ދީގެން އެމެރިކާއިންނެވެ.

އެމެރިކާގެ މި އަމަލު ކުށްވެރިކޮށް އީރާނުން ބުނެފައިވަނީ އެއީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ. އަދި މިހާރު ހަނގުރާމަ ފެށިފައިވާކަމަށާއި، ރައްދުގައި އެމެރިކާއަށް ހަމަލާ ދޭނެކަމަށެވެ.

“ރައްދުވެގެން ދާނީ އެމެރިކާއަށް ނުހުއްޓުވޭވަރުގެ ކަމަކަށް. މިކަމުގެ ބަދަލު ހިފާނަން، މިއީ ހަނގުރާމައިގެ އަމަލެއް،” ކަމަށް އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އީރާނުން ހަމަލާދޭނީ ކޮންއިރަކުން ކަން ހާމަ ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވަނީ ތަކުރާރުކޮށް އިރާގުގައި ތިބި އެމެރިކާ ރައްޔިތުން އެގައުމަށް ފޭބުނަށް އެދިލައްވާފައެވެ.

ނަމަވެސް ކުއްލިއަކަށް ‘ސަޕްރައިޒް’ ހަމަލާއެއް ދިނުމަށް ފަހު އީރާނުގެ އެންމެ ބާރުގަ އެއް ލީޑަރު ސުލެއިމާނީ މަރައިލުމަށްފަހު އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޮލެމާނީ މަރާލާފައިވަނީ އެމެރިކާއިން ބޭރުގައި ތިބި އެގައުމުގެ ރައްޔިތުންގެ ދިފާއުގައި ކަމަށެވެ.

“ސޮލޭމާނީ ދިޔައީ އިރާގުގައި މަސައްކަތްކުރާ އެމެރިކާގެ ޑިޕްލަމޭޓުންނާއި ސަލާމަތީ ބާރުތަކުގެ މެންބަރުންނަށް ހަމަލާއެއް ދިނުމަށް ރާވަމުން،” އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާ އެމެރިކާއިން ދީފައިވާއިރު، އީރާނުކައިރިން އަރަބިކަނޑާއި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ހަނގުރާމަތީ މަނަވަރުތަކާއި ފައުޖުތައް އަންނީ 2019 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ހަރަކާތްތެރިވަމުންނެވެ.

އިރާނުގެ ޖެނެރަލް މަރާލާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް ތަކަށް ރޮކެޓު ހަމަލާތަކެއް ދީފައިވެއެވެ. އެމެރިކާއިން ތުހުމަތު ކުރަނީ އެއީ އީރާނު އަޑީގައި އޮވެގެން ޓެރަރިސްޓު ޖަމާއަތްތައް މެދުވެރިކޮށް ދޭ ހަމަލާއެއްކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމެރިކާއިން އީރާނަށް އަސްކަރީ ގޮތުން ރައްދެއް ނުދޭނެ

ސުވާދީބު

ޓްރަމްޕު ބިރުން ގޮތް ދޫކޮށްފި

ސުވާދީބު

ވެއްޓުނު ފްލައިޓުގެ ކަޅު ފޮށި ނުދޭނެ ކަމަށް އީރާނުން ބުނެފި

ސުވާދީބު
Share