ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާކަމަށް އެކޮމިޝަނުން ބުނެފި އެވެ. muni
އެކަން ހާމަކޮށްފައިވަނީ އީސީގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އަދި އެޓްވީޓު އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ރިޓުވީޓު ކުރައްވާފައެވެ.
އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހަޅާފައި ނުވާކަމަށް ހަބީބު ވިދާޅުވެފައި މިވަނީ މައުމޫނު ރިފޯމް މޫމަންޓް (އެމްއާރުއެމް) ގެ ނަމުގައި ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދަނިކޮށެވެ. އެއީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ހިންގަވަމުން އަންނަ ސިޔާސީ ހަރަކާތްތަކެކެވެ. އެނަމުގައި ރައީސް މައުމޫނު ސިޔާސީ ހަރަކާތްތައް ހިންގަން ފެއްޓެވީ އެމަނިކުފާނު އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕީއެމް އެމަނިކުފާނުގެ އަތުން ރައީސް އަބްދުﷲ ޔާމީން އަތުލުމާއި ގުޅިގެނެވެ.
އެމްއާރުއެމް ނަމުގައި ސިޔާސީ ޕާޓީއެއް ނެތް ކަމަށް އީސީ ހަބީބު ވިދާޅުވެފައި ވަނީ އެނަމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަން ފަށާފައި ވަނިކޮށެވެ.
Facebook Comments