web analytics
ރިޕޯޓް

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ އެކު، އެކަމުގެ ބަހުސް ގަދަވެގެންދިޔައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށް ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމު ނޫން ކަމަށް އެއް ބަޔަކު ގެންދިޔައީ ބުނަމުންނެވެ. ހަމައެޔާ އެކު ކޯލިޝަންގެ ކޮންމެ ޕާޓީއަކަށް ގޮނޑިތައް ލިބުނު ނަމަވެސް ވައުދުތައް ފުއްދޭނެ ކަމަށް ވެސް އެވެރިން ބުނަމުންގެންދިޔައެވެ.


ސުވާލަކީ ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭތޯއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމީ ކީއްވެތޯއެވެ.

ދުރު ނޫން މާޒީއަށް ބަލާލި ނަމަވެސް ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ މުހިންމުކަން އޮތީ ވަރަށް ވެސް ސާފުކޮށް ފެންނަންށެވެ. އެ ގޮތުން ރައީސް ސޯލިހް، ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ އެ މަނިކުފާނުގެ ވައުދުތައް ފުއްދުމަށް ކުރަންޖެހުނު ކަމެކެވެ. ހިޔާނާތާއި، ވައްކަމާއި، ގެއްލުވާ ފަރާތްތައް ހޯދުމާއި، މަރުތަކުގެ ހަޤީޤަތްތައް ހޯދުމަށް އެކަން އެގޮތަށް ކުރުން ނޫން ގޮތެއް ނެތެވެ.

ކަން އެގޮތަށް އޮތުމާ އެކު، ރައީސް ސޯލިހްގެ ސަރުކަރުން މަޖިލީހާށް ހުށަހެޅި ބިލަށް ވޯޓަށް އަހަން އޮތް ދުވަހު، މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ލަދުވެތި މަންޒަރެކެވެ. އެހާމެ ހިތާމަވެރި މަންޒަރެކެވެ. ސަރުކާރުގެ މެޖޯރިޓީ އޮވެމެ، އެ ބިލް ފާސްކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހަށް މެމްބަރުން ހާޒިރުނުވުމުން، މަޖިލީހުގެ ދައުރުގެ ޖަލްސާތައް ނިންމާލަންޖެހުނު މަންޒަރެވެ.

ދެން އޮތީ އެކަމާއި، މެޖޯރިޓީއާ ގުޅޭ ހިސާބެވެ. އެ ދުވަހުގެ މަޖިލީހުުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތް ގިނަ މެމްބަރުންނަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް ވުމެވެ. އަދި ކިޔެތަ، މީގެ ކުރީގައި މަޖިލީހުގައި ނެގިގެންދާ މުހިންމު ވޯޓުތަކާއި ދިމާކޮށް، ރަށުން ބޭރުގައިި ތިއްބަވާ މެމްްބަރުން މަޖިލީހަށް ހާޒިރުވުމަށް ވެސް ޕާލިމެންޓްރީ ގުރޫޕްތަކުން އަންގާފައި އެބަހުރިއެވެ. ނަމަވެސް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން އެފަދަ އެންގުމެއް މެމްބަރުންނަށް އަންގާފައެއް ވެސް ނެތެވެ. ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރައްވަނީ ހަމަ ޖުމްހޫރީ ޕާޓީންނެވެ.

އެމްޑީޕީއަށް މެޖޯރިޓީ އޮޮތް ނަމަ، ރައީސް ސޯލިހްގެ ސަރުކާރުން އެ ލަދުގައި ޖެހެން ނުޖެހުނީސްކަން ކަށަވަރެވެ.

ދެން ވެސް އޮތީ ހަމަ އެފަދަ އެހެން މިސާލެކެވެ. ފައިސާވެރިންނާއި، އެ ފައިސާވެރިންގެ ފަހަތުގައި މަސައްކަތްކުރައްވާ ބޭބޭފުޅުންނަށް، އެ ވެރިންނާއި ދެކޮޅަށް ހުކުމްތައް ނެރުއްވި ހިސާބުގައި ޖުޑީޝަރީ ވަރަށް ގޯސްވެގެން ވާހަކަދެއްކެވިއެވެ. މިއަދު އެވެރިންގެ އެ ފަތިވަރުގެ އަޑު އިވޭތޯ އެއީ ކޮންމެ ރައްޔިތަކު ވެސް ކޮށްލުން މުހިންމު ސުވާލެވެ. އެ ވެރިންނާއި އެއްކޮޅަށް، ހުކުމްތަކާއި ނިމެވުންތައް އަންނަން ފެށި ހިސާބުން އެ ވާހަކަތައް ފަނޑުވަމުން ފަނޑުވަމުންގޮސް، އެއްކޮށް އޮބިއްޖެޔޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޖުޑީޝަރީ އިސްލާހްކުރަންޖެހޭކަމުގެ ވާހަކަތައް ދައްކަނީ އެއްކަލަ އެމްޑީޕީ އެކަންޏެވެ. މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފަނޑިޔަރު ގެތަށް ފޮޅައި ސާފުކުރާނެކަމުގެ ވާހަކަ ވެސް ދައްކަނީ ހަމައެކަނި އެ ޕާޓީންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ޖުޑީޝަރީ އިސްލާހްކޮށް، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދަކަށް ވާއިރު، ކުރިން ދެންނެވި ފައިސާވެރިންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޖުޑީޝަރީ އިސްލާހްކުރާނެތޯއެވެ. ފަނޑިޔާރު ގެތަކުގައިވާ ކުނިތައް ނެރި ސާފުކުރާނެތޯއެވެ. މިއީ ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަންްޖެހޭ މުހިންމު ކަންތައްތަކެކެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ސަބަބުތައް މިއިން ކޮންމެ ކަމަކުން ވެސް އެނގިގެންދެއެވެ.

ރައްޔިތުންގެ މަންދޫބުން ކަނޑައަޅާނެ ބަޔަކީ ރައްޔިތުންނެވެ. ނަމަވެސް މިއިން ކޮންމެ ކަމަކަށް ނަޒަރު ހިނގާލުމުން އެނގޭ އެއްކަމަކީ، ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ އިސްލާހީ ވިސްނުމާ އެކު، ތަސްވަރަކައިގެން މަސައްކަތްކުރާ ބަޔަކާ އެކުގައިކަމެވެ. ރައްޔިތުން 23 ސެޕްޓެމްބަރުގައި އެދުނު ބަދަލަށް ވަސިލްވެވެން އޮތް މަގަކީ ވެސް އެއީ ކަމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރާއްޖޭގެ މުސްތަޤްބަލަށްޓަކާ ބިނާކުރާ ބިޔަ ރަށް!

ސުވާދީބު

އައްޑޫއަށް ތަރައްޤީ ލަސްވުމުގެ ޒިއްމާ އައްޑޫގެ ކައުންސިލުން ނަގަން ޖެހޭ!

ސުވާދީބު

ފޭދޫގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ އައިބީ ގެނެސްދިން ތަރައްޤީ!

ސުވާދީބު
Share