web analytics
ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ކުރިން ހަމަޖެހިފައި އޮތީ ވޯޓުލުމުގެ ކަންކަން މިރޭ 8:30 އާއި ހަމައަށް ކުރިއަށްގެންދާ ގޮތަށެވެ. ނަމަވެސް އެ ވަގުތު މިރޭ 9:30 އަށް އެމްޑީޕީން ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ކިޔޫގައި މީހުން ނެތް ދާއިރާތަކުގައި ވޯޓުލުން 8:30 ގައި ބަންދުކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާއިރު، ޕްރައިމަރީގައި ވާދަކުރުމަށް 280 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ފ.ނިލަންދޫ ދާއިރާ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާއިރު އެންމެ ގިނަ އަދަދަކަށް މީހުން ކުރިމަތިލީ ވިލިމާލެ ދާއިރާ އަށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެގޮތުން އެ ދާއިރާގެ ޕްރައިމަރީގައި 9 މީހަކު ވާދަކުރެއެވެ.

މީގެއިތުރުން އެންމެ މީހަކު ކުރިމަތިލުމުގެ ސަބަބުން 9 ދާއިރާއެއްގެ ޓިކެޓު މިހާރު ކަށަވަރުވެފައިވާ ކަމަށްވެސް އެމްޑީޕީން މައުލޫމާތުދެއެވެ. އެ ދާއިރާ ތަކަކީ ދިއްދޫ ދާއިރާ، ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ވަނީ ނިންމާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންޑިއާ ސިފައިން ބާލަން ގައުމީ ހަރަކާތެއް އިއުލާންކޮށްފި

ސުވާދީބު

މަސްތުވުމުގެ ހިދުމަތްދޭ ކެފޭތަކެއް މާލޭގައި!

ސުވާދީބު

ލުތުފީ ހޯދަން ޔާމީންގެ ސަރުކާރުގައި ކުރި މަސައްކަތުގެ ތަފްސީލް އުމަރު ހާމަކުރައްވައިފި

ސުވާދީބު
Share