web analytics
ޙަބަރު

އެމްޓީޑީގެ އާންމު ޖަލްސާ އަދީބަށް ހާއްސަކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަލަށް އުފެއްދުމުގެ ހުއްދަ ދިން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ އާންމު ޖަލްސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިރޭ ހާއްސަކޮށްފި އެވެ.

ވިިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފައްދާ އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް، ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބެވެ.

ސިއްހީ ހާލު ހުރި ގޮތުން އޭނާ މިހާރު ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމްޓީޑީގެ މުއައްސިސް، އާސިފް ސިޔާސީ ބޭފުޅުންނަށް މެސެޖެއް ކަމަށް ވިދާޅުވެ، ބޮޑު ސްކްރީނުން ދެއްކެވީ އަދީބުގެ ފޮޓޯއެކެވެ. ޖަލްސާގައި މާ ގިނަ ވާހަކަތަކެއް ނުދައްކަވައި، އޭނާ ވިދާޅުވީ އަދީބާ ނުލާ އެމްޓީޑީއެއް ނޯންނާނެ ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެމްޓީޑީން ދަރުބާރުގޭގައި ބޭއްވި އާންމު ޖަލްސާ. — ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޖަލްސާގައި ވާހަކަ ދެއްކެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ އެމްޓީޑީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، އަދީބަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޖަލްސާ ފެށުނީއްސުރެ، ނިމެންދެން ސްކްރީނަށް އަޅުވަމުން ދިޔައީ އަދީބުގެ އެކި ފޮޓޯތަކެވެ. އެގޮތުން، ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ލޯންޗަށް އަރުވަނިކޮށާއި ދޫނިދޫ ޖަލުގައި އޮންނެވި ގޮތުގެ ފޮޓޯއެއް ވެސް ދެއްކި އެވެ. އަދި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި އަދީބުގެ ދެ ކުދިންގެ ފޮޓޯތަކެއް ވެސް ދެއްކި އެވެ.

ޕީޕީއެމުން ދާދި ފަހުން ކެނޑި، އެމްޓީޑީއާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަރައިގެން ދާން މަސައްކަތް ކުރެއްވުމުން އަދީބު “އިނދަޖައްސައި ވައްޓާލީ” ކަމަށެވެ. އަދީބު ނުކުރައްވާ ކުށެއްގެ ތުހުމަތުގައި ތިން އަހަރު ދުވަހު ޖަލުގައި ބޭއްވީ “ފިނިކުރި ކޮޓަރި” އެއްގައި ނޫން ކަމަށާއި އޮންނެވީ ކުޑަ އަށްޓެއްގެ މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ކޮންކްރީޓް އަށްޓެއްގައި ބާއްވާފައި އޮތީ. އެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިޔަ ނުދޭން ވެގެން އަޅުގަނޑުމެންގެ އަނގައިގައި ތަޅު އަޅުވާފައި ތަޅުދަނޑި ޖީބަށް ޖަހައިގެން ތިބީ. މިއަދު އެމްޓީޑީ އައިސް އެއްކަލަ ތަޅުދަނޑިން އަނގަ ހުޅުވީމަ މި ޖަޒުބާތު ހުންނާނެ،” ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭބަންދުގައި ހުންނަވައިގެން އެންމެ 21 ދުވަހުގެ ތެރޭގައި އަދީބު 3000 މީހުންގެ ތާއީދު ހޯއްދަވާ ޕާޓީއެއް އުފެއްދެވި އިރު ކުރިޔަށް އޮތް ތަނުގައި ޕާޓީ އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި އެމްޓީޑީން ކުރިއަށް އޮތް ތަނުގައި ވެރިކަން ކުރާނެ ކަމަށް ވެސް، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ހޮވިގެން ޕީޕީއެމަށް ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.

އެމްޓީޑީގެ އިފްތިތާހީ ޖަލްސާގެ ހާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ލަތީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދީބު މަސައްކަތް ކުރެއްވީ ވަރަށް ޖޯޝާ އެކު ކަމަށެވެ. އަދި މެމްބަރުންނާއި އަދީބާ ދެމެދު ގާތް ގުޅުން އޮތް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ނުދަން އަދީބު ކައިރިއަށް ފަޅުރަށެއް، ގިރިއެއް، މާޓެއް، ފިހާރައެއް ހޯދާކަށް. އަޅުގަނޑުމެން ދަނީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރަން. އެއިން ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި އަދީބު ކޮންމެ ގަޑިއެއްގައި ބައްދަލުކޮށްފައި ތަރައްގީއަށް މަސައްކަތްކޮށްދިން،” ލަތީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވުމާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގިނަ ދައުވާތަކެއް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އޭނާ ދިރިއުޅުއްވާ ގެ ކައިރީ ފުލުހުން ފޯރިމަރަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހެލިކޮޕްޓަރުތައް އަދި ރާއްޖެ އާއި ދެކޮޅަށް ބޭނުން ކުރާނެ – އުމަރު

ސުވާދީބު

ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓި ޒަހަމްވެއްޖެ

ސުވާދީބު

މުސްތަފާގެ ދުވަސް ދަނީބާ!

ސުވާދީބު
Share