web analytics
ރިޕޯޓް

އެމްޕީއެލް ބަހުގެ ޚިދުމަތް: މާލޭގައި ސްކޫލް ކުދިންނަށް ހިލޭ، އައްޑޫގައި މަހަކު 300 ރުފިޔާ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޒަމާނުއްސުރެ ވެރިރަށް މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ދެމެދު ސަރުކާރުތަކުން ތަފާތުކުރުން ގެންގުޅޭ ވާހަކަ ރައްޔިތުން ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަގީގަތުގައި ވެސް އެތަފާތުކުރުން ގެންގުޅޭތީއެވެ. ތަރައްޤީގެ ޕްރޮޖެކްޓްތަކުން ފެށިގެން އެންމެ އަސާސީ ޚިދުމަތްތަކާއި ހަމައަށް އެތަފާތުކުރުން ގެންގުޅޭ ވާހަކަ އަކީ ހަގީގަތެކެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނުމުން އެވާހަކަ ދޮގުކުރާ ފަރާތްތަކަށް ދުވާލުގެ އިރު ފަދައިން ދައްކާނެ ކިތަންމެ ހެއްކެއް ރާއްޖޭގެ ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ. މިއީ ވެސް އޭގެ ތެރެއިން އެއް ކަމެވެ.

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގައި ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އައްޑޫގައި ބަހުގެ ޚިދުމަތް ދެނީ އެމްޕީއެލްގެ ޑިވިޝަނެއް ކަމުގައިވާ ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) އިންނެވެ.

މާލެ ސަރަހައްދުގައި އަޅާފައިވާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކަށް އެމްޕީއެލް އިން ބަހުގެ ޚިދުމަތް ފޯރުކޮށްދޭނެ އަގުތައް ދާދި ފަހުން ވަނީ އިއުލާންކޮށްފައެވެ. ބަސް ދަތުރަކަށް 10 ރުފިޔާ ނަގާއިރު ސްކޫލް ޔުނިފޯމުގައި ދަތުރު ކުރާ ކުދިންނަށް ހިލޭ ދަތުރު ކުރެވޭ ގޮތަށެވެ.

އެމްޕީއެލްއިން މާލޭގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭ އިރު އެކުންފުނިން އޮޕަރޭޓު ކުރާ އައްޑޫ ޓްރާންސްޕޯޓު ލިންކުން ވަކިން ސްކޫލް ކުދިންނަށް ބަސް ދަތުރު ކުރާއިރު އެ ދަތުރު ތަކަށް ދަނީ އަގު ނަގަމުންނެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ހިތަދޫގައި ހުންނަ ސްކޫލްތަކަށް އަންނަ ދަރިވަރުން މަހު ފީގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ ޤަވާއިދުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް ދަރިވަރުން ދައްކަން ޖެހޭ ފީއެވެ.

އެހެން ވަގުތުތަކުގައި ސްކޫލް ޔުނިފޯމުގައި ތިއްބަސް އެކުދިން ޓިކެޓް ނަގަން ޖެހެއެވެ.

“މާލެ އާއި އަޅާ ބަލާއިރު އައްޑޫގައި ދަރިވަރުންގެ އަދަދު ވެސް މަދެއް ނުވާނެއެވެ. މާލޭގައި އުޅޭ ދަރިވަރުންނަށް ހިލޭ ބަހުގައި ދަތުރު ކުރެވެންޏާ އައްޑޫ އާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ވެސް އެ އިނާޔަތް ލިބިދޭން ޖެހޭނެ، މިއީ އިންސާފެއް ނޫން، އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ގެނައި ވެރިކަމަކުން ކުރަން”

އައްޑޫ ސްކޫލެެއްގެ ބެލެނިވެރިއަކު ބުންޏެވެ.

އައްޑޫގައި ދެމުން ގެންދާ ބަހުގެ ޚިދުމަތާއި ބެހޭގޮތުން މީގެ ކުރިން އެމްޕީއެލް އިން ބުނެފައިވަނީ ޚިދުމަތް ދެމުން ގެންދަނީ ގެއްލުމުގައި ނަމަވެސް މީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމުގައި ބަލައިގެން ކަމަށެވެ.

އެމްޕީއެލް އިން ކޮންމެހެން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ދޭ ޚިދުމަތަކުން އަގު ނެގުމުގައި ވަކި ސަރަހައްދެއްގައި ދިރިއުޅޭތީ ތަފާތުކުރުން ގެންގުޅެން ޖެހޭ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދުމަށް އެމްޕީއެލްގެ ބަހެއް ހޯދުމަށް ‘އައްޑޫލައިވް’ އިން ކުރި މަސައްކަތް ވަނީ އަދި ކާމިޔާބު ނުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވި ފަހުން ދެ މަސް ދުވަސް ނުވަނީސް ޓްރާންސްޕޯޓް މިނިސްޓަރު ދެ ފަހަރެއްގެ މަތިން އައްޑޫއަށް ވަޑައިގެންފިއެވެ. އެހެނަސް އެކަމަނާއަށް އައްޑޫގައި އެމްޕީއެލް އިން ބަސް ދަތުރުގެ އަގު ނަގާގޮތާއި މެދު އެއްވެސް މައްސަލައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ 7 މެންބަރުންނަށް ވެސް މެއެވެ.

ހުރިހާ މައްސަލައެއް އަދި ކަންބޮޑުވުމެއް އޮތީ ރައްޔިތުންގެ ތެރޭގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުން އެނގޭތަ؟

ސުވާދީބު

ތިވަރަށް އިސްރާފު ކުރަން ޖެހޭބާ؟

ސުވާދީބު

ކައިރި … ނަމަވެސް ދުރުގައިވާ މަލިކު 6

ސުވާދީބު
Share