web analytics
ޕްރައިމަރީ

އެމްޕީއެލް އަށް 140 މިލިއަން ހަރަދުކޮށްގެން ގެނައި ވެހިކަލްތައް ބޭނުމެއް ނުކުރެވޭ: ޝާހިދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ސަރުކާރުން 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނައި ވެހިކަލްތަކަކީ ބަނދަރުގައި ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑެތި ވެހިކަލްތަކެއް ކަމަށާއި އެހެންވެ އެ އެއްޗެހި ބޭނުން ނުކުރެވޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

 

އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، މިހާރު ބޭނުންވާ ވެހިކަލްތަކުގެ ތެރެއިން ބޮޑެތި ހައެއްކަ ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ފަހުކޮޅު ގެނައި ވެހިކަލްތަކުގެ ތެރެއިން ބޮޑު ހަތަރު ވެހިކަލް ހަލާވެފައިވާ ކަމަށާއި މިހާރު ބަނދަރު އޮތް ގޮތުން އެއީ ބޭނުން ކުރެވޭ ވެހިކަލްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ގެނެސްފައިވަނީ ބަނދަރުގެ ޖާގައާ ނުބައްދަލު ވެހިކަލްތަކެކެވެ.

އެމްޕީއެލްގައި ހުރި އެކި މައްސަލަތަކާ ހެދި ބޯޓުތަކުން މުދާ ބޭލުން ލަސްވެ ވިޔަފާރިވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު އަލީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

“މީގެ ދިމާވާ އެއް މައްސަލައަކީ ޔާޑުގެ ކޮންޑިޝަން ހުރި ގޮތުން ވެހިކަލްތައް ވަރަށް އަވަހަށް ހަލާކުވޭ. އޭގެ ކުރިން ގެނެސްފައިވާ ވެހިކަލްތަކަކީ 24 ގަޑިއިރު ބޭނުން ކުރެވޭ ވެހިކަލްތަކެއް ނޫން،” އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު، 140 މިލިޔަން ރުފިޔާގެ ސާމާނު އެމްޕީއެލް އިން ގަތީ ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ ހަވާލުކޮށްގެންނެވެ. އެ ފަހަރު ގަތީ 22 ހެވީ ވެހިކަލެވެ. އެއީ ހަ ރިޗް ސްޓިކާ އާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކްލިފްޓް ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“ވެއްޓެނީ ވެއްޓެނީ”

ސުވާދީބު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

ސުވާދީބު

އަނަސް ފިޔަވައި އެމްޑީޕީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ޕްރައިމަރީ ކާމިޔާބު ކުރެއްވި

ސުވާދީބު
Share