web analytics
ވިޔަފާރި

އެލައިޑްގެ ކަލަންޑަރު ސަމާލުކަން އަތުލައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އާ އަހަރު ފެށުމާ އެކު އޮފީހަށް އައީ އާ ފެށުމަކުން އޮފީހުގެ މަސައްކަތައިގެން ކުރިއަށް ދިއުމުގެ އުންމީދުގަ އެވެ. އޮފީހަށް ވަދެ ހަމަޖެހިލުމަށް ފަހު ނިއުސްރޫމަށް ނަޒަރު ހިންގާލި އިރު އެންމެ ފުރަތަމަ ވެސް އަޅައިގަތީ މޭޒެއްގެ މަތީގައި އިން ކަލަންޑަރުގަ އެވެ. އެ ކަލަންޑަރު ރީތިކަމުން ގޮސް ބަލައިލެވުނެވެ.

މިއީ އެލައިންޑް އިންޝިއުރެންސުން މި އަހަރަށް ތައްޔާރުކުރި ކަލަންޑަރު “ގެ” އެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ މި “ގެ” އިން ބުނެދެނީ ހަމައެކަނި ތާރީހާއި، ދުވަހާއި، މަހެއް ނޫނެވެ. މިއީ އިންޝުއަރެންސާ ބެހޭ އެތައް ވާހަކައެއް ކިޔައިދޭ ގެއެކެވެ.

އިންޝުއަރެންސަކީ އެކި ދާއިރާތަކުން ލިބޭ ހިމާޔަތެކެވެ. އަމިއްލަ ގެ، އަމިއްލަ ހަށިގަނޑު، ދަރިންގެ ތައުލީމު، މިހެން ގޮސް ކޮންމެ ކަމެއް ވެސް އިންޝިއަކޮށްގެން މާލީ ހިމާޔަތެއް ލިބެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ވެސް ފާޑެއްގެ “ފަހަށް ރައްކާކުރުމެ”ވެ.

އެލައިޑްގެ ކަލަންޑަރުން އެ ހުރިހާ ކަމެއް ބުނެދީފައި ދެން ދެނީ ފަހަށް ފައިސާކޮޅެއް ރައްކާކުރުމުގެ ފުރުސަތެކެވެ. ގޭގެ އެއް ފަޅީގައި ވަކިލާރި ވައްޓާލާނެ ޖާގަައެއް އޮވެ އެވެ. ކަލަންޑަރުގެ އެއް ފުރާޅުގައި، ކަނޑާލަން ހާއްސަ ޖާގައެއް ކުރަހާފައި ހުއްޓެވެ. އޭގެ މަތީގައި އޮތް މެސެޖުގެ ތަރުޖަމާ އަކީ “އަހަރު ނިމުނު އިރު ރައްކާކުރެވުނީ ކިހާ ވަރެއްތޯ ބަލައިލަން މި ތަން ކަނޑާލައިފައި ހުޅުވާލާށެވެ،” މި އެވެ.

ވަރަށް ހިތްގައިމެވެ.

އެލައިޑްގެ ސީނިއަ އޮފިސަ މާކެޓިން، ހަސްނާ އަހުމަދު މައުމޫން ވިދާޅުވީ މި އަހަރުގެ ކަލަންޑަރު ހަދަން ވަރަށް ގިނަ ކަންކަމަށް ވިސްނި ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ބެލީ އިޖުތިމާއީ މެސެޖުތަކެއް ދެވޭ ގޮތަށް އަދި މީހުންނަށް ބޭނުންތެރި ސިފަޔަކަށް ތައްޔަރުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެލައިޑްގެ ކަލަންޑަރު މޭޒު މަތީގައި: ފަހަށް ރަައްކާކުރުމުގެ މުހިންމުކަން އަންގައިދިން

“ކަލަންޑަރެއް ހެދި އިރު އޮފީސްތަކުގައި ވެސް ވަރަށް ގިނަ މީހުން މިހާރު ކޮއިން ދަޅު ގެންގުޅޭކަން ފާހަގަކުރެވޭ. މި އޮފީހުގައި ވެސް ބައެއް މީހުން އެގޮތަށް ކޮއިން ދަޅު ގެންގުޅޭ. ދެން އެއާ ގުޅުވާފައި ވިސްނީ ސޭވް ކުރުމުގައި ގުޅުވައިގެން އެ ކޮންސެޕްޓަށް ކަލަންޑަރެއް ހެދުމަށް،” ހަސްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކަލަންޑަރުން ވަރަށް ގިނަ މާނަތަކެއް ނެގޭނެ އެވެ. މިސާލަކަށް ގެއެއްގެ ސިފައަށް ކަލަންޑަރު ފަރުމާކުރީ، ހަސްނާ ވިދާޅުވި ގޮތުގައި، ބޯމަތީގައި ފުރާޅެއް ވެސް އޮންނާނީ ފައިސާ ރައްކާކޮށްގެންކަން ބުނެދިނުމަށެވެ.

އެންމެ ފުރަތަމަ ވިސްނީ ގެ ހުޅުވޭ ގޮތަށް ފަރުމާ ކުރުމަށެވެ. ނަމަވެސް އެއަށް ވައްޓާލާ ވަކިލާރިތަކުގެ ޖުމްލަ އެނގުން އެންމެ ރަނގަޅުވާނީ އަހަރު ނިންމާފައި ހުޅުވާލެވޭ ގޮތަށް ހެދުމުން ކަމަށް ބަލައި، ފަހުން ބަދަލު ގެނައީ، ކަފާލައިގެން ނައްޓާލެވޭ ތަންކޮޅެއް އެ ގޭގައި ހިމަނާށެވެ.

އެލައިޑްގެ މާކެޓިން ޓީމުގެ ފުރިހަމަ ވިސްނުމާ އެކު ތައްޔާރުކުރި މި ކަލަންޑަރަށް އިތުރު ފުރިހަމަކަން ގެނެސްދިނީ މިކަހަލަ އާޓް މަސައްކަތުގައި މަޝްހޫރު ހަސަން ސުޖާއު އެވެ.

އެލައިޑްގެ ސީނިއަ އޮފިސަ މާކެޓިން، ހަސްނާ އަހުމަދު މައުމޫން، އެލައިޑް އާާ ކަލަންޑަރު ޕެކް ހިފަހައްޓާލައިގެން

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ މި ކަލަންޑަރަށް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ މޭޒުމަތީގައި ބަހައްޓާލެވޭ ގޮތަށް އެ ހިތްގައިމުކަމާ އެކު ހެދުމުންނެވެ.

މުހިންމު ކަސްޓަމަރުންނާއި ހާއްސަ އެހެން ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ދޭން އެލައިޑުން 1500 ކަލަންޑަރު ހެދި އެވެ. އެކަމަކު އެ ހުރިހާ އެއްޗެއް މިހާރު ވަނީ ހުސްވެފަ އެވެ.

އާ އަހަރުގެ މި ހާއްސަ ގެއާ އެކު އެލައިޑުން އަނެއްކާވެސް މި ވަނީ ތަފާތު ޝައުގުވެރިކަމެއް އުފައްދައިފަ އެވެ. މީގެ ކުރިން ވަކިލާރިއާ މެދު ސަމާލުކަން ނުދޭ ކިތައްމެ ބަޔަކު، އެލައިޑްގެ މި ގޭގެ ކުޑަދޮރުން އެތެރެއަށް ވަކިލާރި ވައްޓާލުން ވަރަށް ކައިރި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބީއެމްއެލުން ސަސްޕެންޑް ކުރީ ދެމަފިރިން!

ސުވާދީބު

“މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް”އަށް ދިވެހި ސަރުކާރުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި

ސުވާދީބު

އެޕަލް އަށް އަނެއްކާވެސް ބޮލުގެ ރިހުމެއް

ސުވާދީބު
Share