web analytics
ވިޔަފާރި

އެޕަލް އަށް އަނެއްކާވެސް ބޮލުގެ ރިހުމެއް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޗައިނާގައި އައިފޯނުގެ ބައެއް މޮޑެލްތައް ވިއްކުން ކޯޓުން ވަނީ މަނާކޮށްފަ އެވެ. ޗައިނާގައި އައިފޯނު ވިކޭ އަދަދު މި ކަމާ ގުޅިގެން މަދުވެ، އެޕަލްގެ އާމްދަނީ ދަށްވާނެކަން ވަނީ ކަށަވަރުވެފަ އެވެ. މިހެން ކަން އޮއްވައި، އައިފޯނު ބޭނުންކުރާ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުން އަދި ވަޒީފާއިން ވަކިކުރުން ފަދަ މައްސަލަތައް އެ ގައުމުގެ ބައެއް ކުންފުނިތަކުގައި ބޮޑުވަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ އެދުމަކަށް ކެނެޑާއިން، ވާވޭ ޓެކްނޮލޮޖީޒްގެ ސީއެފްއޯ، މަންގް ވެންޒޫ ހައްޔަރުކުރުން ވެސް ވެފައި ވަނީ އެޕަލް އަށް ބޮޑު ރިހުމަކަށެވެ. އެ ހާދިސާ ހިނގައިދިޔަތާ ދުވަސްތަކެއް ފަހުން، ޗައިނާ ކުންފުނިތަކުން އިދިކޮޅަށް ކުޅެން ފެށުން އެޕަލް އަށް ވެފައި ވަނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ. ޗައިނާގެ މުއްސަނދި ކުންފުނިތަކުން މިހާރު ކުރާ ކަމަކީ، ވާވޭ އަށް ތަރުހީބު އޮތްކަން ދެއްކުމެވެ. އެ ގޮތުގައި، ވާވޭ ފޯނުތައް ގަތުމަށް މުވައްޒަފުންނަށް އެލަވަންސް ދިނުން އަދި ކައިވެނިކޮށްގެން އުޅޭ ނަމަ، ދެމަފިރިންނަށް ވާވޭ ފޯނު މުޅިން ހިލޭ ގަނެދިނުމެވެ.

އައިފޯނެއް ބޭނުންކުރާ ނަމަ އެ މުވައްޒަފަކާ ދެކޮޅަށް ބައެއް ކުންފުނިތަކުން ދަތިކުރަމުން ދާއިރު، އޮފީހަށް އައިފޯނު ވެއްދުން ވެސް ބައެއް ކުންފުނިތަކުން ދަނީ މަނާކުރަމުންނެވެ. އައިފޯނު ހިފައިގެން މަސައްކަތު ދާ ނަމަ، މުސާރައިން ވަކި އަދަދެއް އުނުކުރުން އަދި އަހަރީ ބޯނަސް ނުދިނުން ފަދަ ހަރަކާތްތައް ވަނީ ވައިގައި ހިފައިފަ އެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރި ގުޅުމަށް މިހާރު ވަނީ ހިރަފުސްބުރާފަ އެވެ. އެމެރިކާ ބުނާހައި ގޮތެއް ނުހަދައި، ބައްރުތަކުގައި ވިޔަފާރިކުރުން ވެފައި ވަނީ އެމެރިކާ އަށް ބަލައިގަންނަން އުނދަގޫ ކަމަކަށް ވެފަ އެވެ. އެހެންކަމުން، ރުޅިއައިސްފައި އޮތް މިންވަރު އަންގައިދިނުމަށް ކުރަން އޮތް އެންމެ ބުއްދިވެރި ފިކުރެއް ކަމަށް އެމެރިކާ އަށް ފެނުނީ ޗައިނާ އަށް ވިޔަފާރީގައި ދަތިކުރުމެވެ. މިހާރު މި ފެންނަނީ އެ އަމަލުތަކުގެ ނަތީޖާ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މީރާ އަކީ ވިޔަފާރިތަކަށް އޮތް ގެއްލުމެއް: ފައްޔާޒު

ސުވާދީބު

ރާއްޖެ އަށް ސްޕޯޓްސް ޓޫރިޒަމް ގެންނާނަން: އަލީ ވަހީދު

ސުވާދީބު

އެސްއޯއެފުން ޑޮލަރު ގަތުމާއި، ނުހައްގުން ފްލެޓް ލިބުން: އަހަރެމެންނަށް މިއީ އަޖައިބެއް!

ސުވާދީބު
Share