web analytics
ކުޅިވަރު

އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުން ކެޓުމާއެކު އިންޑިއާ ކޯޗު އިސްތިއުފާދީފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުން އިންޑިއާ ކެޓުމާއެކު، އެޓީމުގެ އިނގިރޭސި ކޯޗު، ސްޓިފަން ކޮންސްޓެންޓައިން މަގާމުން އިސްތިއުފާ ދީފިއެވެ.

އިންޑިއާއިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ބަހްރެއިން އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަހްރެއިންގެ ހަމައެކަނި ގޯލް ޖެހީ، މެޗުގެ 91 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އެ މެޗު އެއްވަރުވި ނަމަވެސް، އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕްގެ ހަދަ 16އަށް ދަތުރުކުރުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންޑިއާގެ ކޯޗުކޮންސްޓެންޓައިން ބުނީ ހަތަރު އަހަރު ތެރޭގައި އެންމެ ބޮޑު ޓާގެޓަކަށް ހެދީ އޭޝިއަން ކަޕަށް ޓީމު ކޮލިފައި ކޮށްދިނުން ކަމަށާއި، އެކަން ވެއްޖެ ކަމަށެވެ. އަދި އޭޝިއަން ކަޕްގައި ޓީމު ދެއްކި ހިތްވަރަކީ ފަހުރުވެރިވާ ހިތްވަރެއް ކަމަށްވެސް ކޮންސްޓެންޓައިން ބުނެފައިވާ އިރު، އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނުން އޭނާއަށް ދިން އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ކޮންސްޓެންޓައިން ބުނީ އޭނާ އިންޑިއާ ޓީމާއެކު ކުރި ދަތުރަކީ ހަނދާނުން ފޮހެނުލެވޭނެ ދަތުރެއް ކަމަށާއި، ކެރިއަރުގައި އަބަދުވެސް އިންޑިއާގެ ތަޖުރިބާ މުހިއްމުވާނެ ކަމަށެވެ.

އިންޑިއާއިން އޭޝިއަން ކަޕް ފެށީ ވަރުގަދަ ކޮށެވެ. ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން އިންޑިއާ ކާމިޔާބުކުރި އިރު، އެޓީމުން ވަނީ ޔޫއޭއީ އަދި ބަހްރެއިނާ ދެކޮޅަށްވެސް ހިތްވަރުު ކޮށްފައެވެ.

އަހަރުގެ އޭޝިއަން ކަޕަކީ ވާދަވެރި އިންޑިއާގެ ހަތަރުވަނަ އޭޝިއަން ކަޕެވެ. އެންމެފަހުން އެގައުމުން އޭޝިއަން ކަޕަށް ކޮލިފައިވެފައި ވަނީ 2011 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންޑިއާ އަލްވަދާއުކީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ.

އޭގެ ކުރިން އޭޝިއަން ކަޕްގެ ފަސް މުބާރާތުގައިވެސް އިންޑިއާ ކުޅެފައިވާ އިރު، 2011ގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕްގައި ކުޅެފައި ވަނީ 1984 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާއިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި ނަމަވެސް، އަނެއް ދެ މެޗުންވީ ބައްޔެވެ.

އިންޑިއާއިން އެ މުބާރާތުގައި ވަނީ އީރާނާ އެއްވަރު ކޮށްފައެވެ. އޭގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕް ކުޅުނީ 1964 ވަނަ އަހަރުގައެވެ. އެ އަހަރު މުބާރާތް އޮތީ، އޭރު އޭޝިއާ ގައުމެއްގެ ގޮތުގައި އޮތް އިޒްރޭލުގައެވެ. އެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމު ވާދަކުރި އިރު، އިންޑިއާއިން ވަނީ ދެ މެޗުން މޮޅުވެ ރަނަރަޕް ހޯދާފައެވެ.

އެ އަހަރަށްފަހު 55 އަހަރު ފަހުން އޭޝިއަން ކަޕްގައި އިންޑިއާއިން މޮޅެއް ހޯދީ މިއަހަރުގެ މުބާރާތުގައެވެ.

ކޯޗު ކޮންސްޓެންޓައިން ވަނީ 2002 ވަނަ އަހަރުން 2005 ވަނަ އަހަރާ ހަމައަށްވެސް އިންޑިއާއަށް ކޯޗު ކޮށްދީފައެވެ، އެ ދޭތެރެއިން މެދު ކެނޑުމަކަށްފަހު، ކުރިން އިނގިރޭސިވިލާތުގެ މިލްވޯލްއަށް ކޯޗުކޮށްދިން ކޮންސްޓެންޓައިން އިންޑިއާއާ އަލުން ހަވާލުވީ 2015 ވަނަ އަހަރުގައެވެ.

އިންޑިއާގެ ފުޓުބޯޅައަށް މުހިއްމު އިންގިލާބީ ބަދަލުތަކެއް ގެނައި ކޮންސްޓެންޓައިން އެންމެ ފާހަގަކޮށްލެވެނީ ފީފާ ރޭންކިންގައި 173 ވަނައިގައި އޮތް އިންޑިއާ ދުނިޔޭގެ އެންމެ މޮޅު 100 ގައުމުގެ ލެވެލްއަށް ރޭންކިންގައި ޖައްސާލަ ދިން ކޯޗެެއްގެ ގޮތުގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސަލާގެ ހަނދާނުގައި ނަންޓޭސްއިން މުޅިން ކަޅު ޖާޒީގައި، ޓިކެޓްވެސް ނުވަ ޕައުންޑަށް

ސުވާދީބު

އުފަލުގެ ކަރުނަ ފާއްދާލި ފޮޓޯތަކެއް

ސުވާދީބު

ޑި ޔޮން ބާސެލޯނާ އަށް ބަދަލުވަނީ

ސުވާދީބު
Share