web analytics
ޙަބަރު

ވައުދު ފުއްދަން ޖެހޭ، އެންމެންނަކީ އެމްޑީޕީ މީހުންނެއް ނޫން – އިކޮނޮމިކް މިނިސްޓަރ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ވައުދެއް އޮތިއްޔާ ފުއްދަން ޖެހޭކަމަށާއި އެންމެނަކީ އެމްޑީޕީ މީހުން ނޫންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑު ސާފުކޮށްލަން އެބަ ބޭނުންވޭ އެއްބަސްވުމެއް ވާހަކަ އެބަ ދެކެވޭ. އެއްބަސްވުމެއް އެއީ ވެފަ އޮތް އެއްޗެއްތޯ ނޫންތޯ. ވައުދެއް ވެފަތޯ އޮތީ. ވައުދެއް ވެފަ އޮތްކަމަށް ވަންޏާ އެ ފުއްދުމަކީވެސް ވަރަށް މުޙިއްމު ކަމެއް. ދިވެހިރާއްޖޭގެ ހުރިހާ އެންމެނަކީ އަދި އެމްޑީޕީގެ މީހުންނެއްވެސް ނޫން. އަޅުގަނޑުމެން ވާ ވައުދުވެސް ފުއްދާ ބަޔަކަށް އެބަ ވާން ޖެހޭ.” ފައްޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވައުދެއް ވެފައިވާނަމަ ފެންނަ އެންމެ ރަނގަޅު ގޮތަކަށް ދާންވީކަމަށެވެ. އެހެންނަމަވެސް، ހުށަހެޅިފައިވާ ހުށަހެޅުމުގެ ސަބަބުން މެންބަރުންނަށް އެއްވެސް ތަސައްލީއެއް ނުލިބޭކަމަށްވެސް ވިދާޅުވިއެވެ.

“އެހެންނަމަވެސް އެއީ ވެފައިވާ ވައުދެއް ނޫންނަމަ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތަށް ކުރިއަށް ދާންވީ. މިހާރު ހުށަހެޅިފައި އޮތް ހުށަހެޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ގޮތަކަށް އެދޭ އެއްވެސް ކަމެއް އޭގެން ހާސިލުވާ ކަމެއް ނޫން. ކޯލިޝަނެއްވެސް ނުހިފެހެއްޓޭ އަދި އަޅުގަނޑުމެންގެ މެންބަރުންގެ އިހުސާސްތަކަކަށްވެސް އޭގެން އެއްވެސް ކަހަލަ ތަސައްލީއެއް ނުލިބޭ.” ފައްޔާޒް ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ާއާ ރަށުގައި ހުރި ރައީސްގެ ގެކޮޅަކީ ބޭރު މަހުޖަނެއްގެ ހަދިޔާއެއް

ސުވާދީބު

ޕާޓީ ނިޒާމް ގެނައީ ރީތި އެއްޗަކަށް ވާތީކީއެއް ނޫން – ނަޝީދު

ސުވާދީބު

އެޗްޑީސީގެ އެމްޑީ އަކަށް ސުހައިލް އައްޔަންކޮށްފި

ސުވާދީބު
Share