web analytics
ޙަބަރު

ވިސާއާއި ނުލައި އަހަރަކު 180 ދުވަހު އިންޑިއާގައި މަޑުކުރެވޭގޮތް ހަދައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އަވައްޓެރި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިންނަށް އިތުރު ލުއިފަސޭހަތައް ލިބޭނެ ކަންތައްތަކަށް، އެއްބަސްވެވަޑައިގެންފައި ވާނެކަމަށާއި، އޭގެ ތެރޭގައި ވިސާއާ ނުލައި އަހަރަކު 180 ދުވަހު އިންޑިއާގައި ދިވެހިންނަށް މަޑުކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް ޞޯލިހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަޢުވަތަކަށް ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު ހާމަކުރައްވަން ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އެ ދަތުރުގައި، އިންޑިއާގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް، ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.

“އިންޑިއާގެ ރައީސާއި، ބޮޑުވަޒީރާއި، ނައިބު ރައީސް އަދި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއެކު، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއްގައި، އަޅުގަނޑު އެބޭފުޅުންނާ މަޝްވަރާ ކުރިން. މި ދަތުރުގެ އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ވޭތުވެދިޔަ އަހަރުތަކުގައި ހީނަރުވެފައި އޮތް، އަޅުގަނޑުމެންގެ ދެޤައުމުގެ، ޒަމާންވީ ރަޙްމަތްތެރި ގުޅުން އަލުން ބަދަހިވުން.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަކިވަކި ދާއިރާތަކާ ގުޅޭގޮތުން، ހަތަރު ކަމެއްގައި ދެ ޤައުމުން އެއްބަސްވެފައިވާއިރު، ދެ ޤައުމުން ވާނީ ވިސާގެ ލުއިފަސޭހަތަކެއް ގެނައުމަށް އެއްބަސްވެފައިކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

“ވިޔަފާރިއާއި ޓޫރިޒަމް އަދި ބޭސްފަރުވާގެ ދަތުރުތަކަށް، 6 މަސް ދުވަހުގެ މުއްދަތުގެ ތެރެއިން 90 ދުވަހު، ވިސާއާ ނުލައި ދަތުރުކުރުން ހިމެނޭ. އަދި ވަޒީފާގެ ބޭނުމަށް ފިޔަވައި އިންޑިއާއަށް ކުރާ ދަތުރުތަކަށް ހިލޭ ވިސާ ޖަހައިދިނުން. އޭގެތެރޭގައި މި ހިމެނެނީ، ޓޫރިޒަމް، މެޑިކަލް، ސްޓޫޑަންޓް އަދި ވިޔަފާރީގެ ދަތުރުތައް.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ޓޫރިސްޓް ވިސާގައި އިންޑިއާގައި ހުއްޓައި، ކުއްލި ޞިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެނބުރި ރާއްޖެ ނައިސް، މެޑިކަލް ވިސާއަށް ފަސޭހައިން ބަދަލު ކުރެވޭނެ ކަމަށާއި، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ، 18 އަހަރުން ދަށުގެ ދަރިންނަށާއި، އަނބިންނާއި ފިރިންނާއި އަދި މައިންބަފައިންނަށްވެސް މަލްޓިޕްލް އެންޓްރީ ވިސާ ލިބޭނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވިސާގެ ލުއިފަސޭހައިގެ އިތުރުން 1.4 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުންތަކުގައިވެސް ސޮއި ކުރައްވާފައިވެއެވެ. ރައީސް ޞޯލިޙްގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު އަވައްޓެރި އިންޑިއާއަށް ކުރެއްވިއިރު، ދެން އެންމެ އަވަހަށް ރައީސް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވެލާނާ އެއާޕޯޓް ރަންވޭ ބަންދުކޮށް، ބައެއް ފްލައިޓްތައް ޑައިވާޓްކޮށްފި

ސުވާދީބު

ބީއެމްއެލް ލުއި ލޯނު ތިންލައްކައަށް ބޮޑުކޮށް، މުއްދަތު ފަސް އަހަރަށް އިތުރުކޮށްފި

ސުވާދީބު

މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް ގެމަނަފުއްޓަށް ވަޑައިގަންނަވަނީ

ސުވާދީބު
Share