ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޤަވާޢީދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ސީޕީ ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވަނީ ސަރުކާރުން އެކަން އެގޮތަށް ކުރުމަށް އަންގާފައިވާތީ ކަމަށެވެ. އަދި ޕާކް ކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ޤަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ލައިސަންސް ނެތި އުޅަނދު ދުއްވުމާއި، ޤަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވާއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި މިހާރު ޖަހަމުން ގެންދާ ޕާކިން ސްޓިކާ ކޯލިޝަންގެ ވެރިކަމެއްގައި ނުޖަހާނެކަމަށް ވިދާޅުވެފައެވެ.
ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައި ސިޓީތައް ގާއިމްކޮށް މާލޭން ލިބޭ ހިދުމަތްތައް ލިބެން ފެށުމުން ކަމަށް ރައީސް އޭރު ވިދާޅުވެފައިވެއެވެ.
Facebook Comments