web analytics
ޙަބަރު

ވެރިކަން ބަދަލުވި ފަހުން 33،000 އަށްވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅިއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރުމަށް ފަހު އެޕާޓީއާ ގުޅުނު މެމްބަރުންގެ އަދަދު 33،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޕާޓީން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާއެކު ޕްރައިމަރީތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަންނަނީ ފޯމު ހުށައަޅަމުންނެވެ. އެ ކެންޑިޑޭޓުން ވަނީ ޕާޓީއަށް އަލަށް ގުޅޭ ފަރާތްތަކުގެ ފޯމުތައް ހުށައަޅައި ޕްރައިމަރީގައި ވޯޓު ލެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ދަފުތަރުގައި ރެޖިސްޓާ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވަނީ 29،008 މީހުންނެވެ. ނަމަވެސް ޕާޓީގައި 50،000 އަށްވުރެ ގިނަ މެމްބަރުން ރަޖިސްޓާ ވެފައި ތިބޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިހާރު ހުށައަޅަމުންދާ ފޯމުތައް ބަލައި އެ މެމްބަރުން ދަފްތަރުގައި ހިމެނުމުން ޕާޓީގެ މެމްބަރުންގެ އަދަދު 80،000 އަށް އަރާނެ ކަމަށް އެމްޑީޕީން ލަފާ ކުރެއެވެ.

ރަސްމީ ގޮތުން އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ މަޖިލީހުގެ މެޖޯރިޓީ ވެސް ނެގި ޕީޕީއެމްއެވެ. ޕީޕީއެމްގައި 48،129 މެމްބަރުން ތިބެއެވެ. އެމްޑީޕީ ދެވަނައިގައި އޮތް އިރު އެމްޑީއޭ ގައި 10،648 މެމްބަރުން ތިބެއެވެ. ޖޭޕީ ގައި ތިބެނީ 10،090 މެމްބަރުންނެވެ. އަދި އަދާލަތު ޕާޓީގައި 6،795 މެމްބަރުން ތިބެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ތައުލީމާއި، ތަޖުރިބާގެ އަލީގައި ގޮންޖެހުންތައް ހުރަސްކުރަން އިބްރާހިމް މުހައްމަދު ތެދު ވެއްޖެ

ސުވާދީބު

ލާމަރުކަޒީ ނިޒާމުގެ ދަށުން ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ – އެޑިއުކޭޝަން މިނިސްޓަރ

ސުވާދީބު

ގާސިމް އިދިކޮޅު ފަރާތްތަކާއިއެކު، ސަރުކާރުން ޖޭޕީއަށް ޖާގަދޭން ޖެހޭތަ؟

ސުވާދީބު
Share