web analytics
ޙަބަރު

ވެރިކަން ކުރަމުން އަންނަ ގުޅިފައިވާ ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ލީކު ކޮށްލައިފިއެވެ.

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މި އެއްބަސްވުން އާއްމުކޮށްފައިވަނީ އޮންލައިން ނޫސް “ދިވެހިޕޯސްޓްގެ ޖާނަލިސްޓެކެވެ” އިންނެވެ.

ދިވެހިޕޯސްޓްގެ ޖާނަލިސްޓް  ހާމަކޮށްފައިވާ ގޮތުގައި ލީކުވެފައިވާ އެއްބަސްވުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ ތެރޭގައި ޕާޓީތަކުންވަނީ ކޯލިޝަންގެ ފަރާތުން ނެރޭނެ ރިޔާސީ ކެންޑިޑޭޓް، ރަނިން މޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި ސަރުކާރު ބަހާނެ ގޮތްގޮތަށް އެއްބަސްވެފައެވެ.

އެއްބަސްވުމުގައި ވަނީ ކޯލިޝަންގައި ޕާޓީތަކުން ހިއްސާވާ މިންވަރުވެސް ކަނޑައަޅާފައެވެ. އެގޮތުން، އެމްޑީޕީ އިން 40 އިންސައްތަ ހިއްސާވާއިރު ޖުމްހޫރީ ޕާޓީން ހިއްސާވަނީ 25 އިންސައްތައެވެ. އަދާލަތު ޕާޓީން 15 އިންސައްތަ ހިއްސާވާއިރު މައުމޫން އަބްދުލް ގައްޔޫމް ހިއްސާވަނީ 20 އިންސައްތައެވެ.

މީގެއިތުރުންވެސް، ޑީޕީގެ ޖާނަލިސްޓް ހާމަކޮށްފައިވާ ގޮތުން ސަރުކާރުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް މީހުން އައްޔަން ކުރުމުގަޔާއި އަންނަ އަހަރުގެ މަޖިލިސް އިންތިޚާބާއި 2020 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޕާޓީތަކުން ކޯލިޝަންގައި ތިބިނަމަ ހިއްސާވާނީ މި އިންސައްތައަށެވެ.

ހުރިހާ ޕާޓީތަކުން ސޮއިކޮށްފައިވާ މި އެއްބަސްވުމުގައި މަޖިލިސް ރައީސްކަމުގައި ހުންނަންވާނީ ޖުމްހޫރީ ޕާޓީގެ މެންބަރެއްކަމަށްވެސް ވަނީ ބުނެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހަވޮޑިގަލާގައި ގަވާއިދާ ހިލާފަށް ހަރަކާތްތަކެއް ހިންގާ މައްސަލަ ފުލުހަށް

ސުވާދީބު

ވޯޓާސް ލިސްޓަށް 1،256 ޝަކުވާ ހުށަހެޅި: އީސީ

ސުވާދީބު

މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރާ އިބްރާހިމް މުހައްމަދުގެ ޑޯޓުޑޯ ހަރަކާތްތައް ފަށައިފި

ސުވާދީބު
Share