web analytics
ޕްރައިމަރީ

ވޯޓު ކަރުދާސް މަދުވުމުން ވޯޓު ފޮއްޓެއްގެ މައްސަލަ ހޫނުވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ތ. ގުރައިދޫ ދާއިރާގެ މީހުން ވޯޓު ލުމަށް ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް ޚާއްސަ ކޮށްފައިވާ 103 ވޯޓު ކަރުދާސްކޮޅު މަދުވުމާ ގުޅިގެން ހަމަނުޖެހުން ހިންގައި ވޯޓު ލުން މެދުކަނޑާލައިފި އެވެ.

 

މާލޭގައި ދިރިއުޅޭ ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށީގެ މީހުންނަށް ޚާއްސަ ކޮށްގެން ބަހައްޓާފައިވާ ވޯޓު ފޮށީގެ 103 ކަރުދާސްކޮޅު މަދުވިކަން އެނގުނީ 207 މީހުން އެ ފޮއްޓަށް ވޯޓު ލުމަށް ފަހު، ބާކީ އޮތީ އެންމެ އަށް ކަރުދާސްކޮޅުކަން އެނގުމުންނެވެ. އޭރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ ފޮއްޓަށް ވޯޓު ލާން ގޮސް ކިއޫގައި ތިއްބެވެ. އެ ހިސާބުން މީހުންތައް ވޯޓު ފޮއްޓަށް އަރައިގަނެ، އެ ފޮށި ޖަހައިގަންނަން އުޅުނީ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެކަމަކު، ފަހުން ވަނީ މީހުންތައް ކޮންޓްރޯލް ކޮށްފަ އެވެ.

މާލޭގައި ބަހައްޓާފައިވާ ގުރައިދޫ ދާއިރާގެ ވޯޓު ފޮށީގެ ކަރުދާސް މަދުވުމުން ހޫނުވި މައްސަލަ، އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމާ ގުޅޭ އޮފިޝަލް ސާބެ ހައްލު ކުރައްވަނީ.

“މި ތަނުގައި ތިބި މީހުން ބުނަނީ 103 ވޯޓު ކަރުދާސްކޮޅަށް ވީ ގޮތް ބުނީމާ ނޫނީ ވޯޓު ލާކަށް ނުފެށޭނެ އޭ. ނަމަވެސް ސާބެ [އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު] ވަނީ އިއުލާން ކޮށްފައި 103 ވޯޓު ކަރުދާސްކޮޅު ޕްރިންޓު ކޮށްގެން ބައި ގަޑިއެއްހާއިރުގެ ތެރޭގައި ވޯޓު ލުން ފެށޭނެ ކަމަށް. އެހާ ހިސާބުން މި ވަގުތަށް މި ތަނުގެ މާހައުލު ވަނީ ފިނިވެފައި،” ކަލާފާނު ސްކޫލްގައި ހުރި “މިހާރު” ގެ ނޫސްވެރިޔާ ބުންޏެވެ.

ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ގުރައިދޫ ދާއިރާގެ ވޯޓު ފޮށީގެ މައްސަލަ ހޫނުވުމުން ފުލުހުން ވެސް މިހާރު އަންނަނީ އެ ތަނުގައި ހަރަކާތްތެރިވަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“ވެއްޓެނީ ވެއްޓެނީ”

ސުވާދީބު

ނުކުމެ މި ހުރީ ތަޖުރިބާއާއެކު، ސާފުު އަޣުލަބިއްޔަތު ލިބޭނެ: ނަޝީދު

ސުވާދީބު

ރައީސް ސޯލިހުގެ ވަރުގަދަ ހަމަލާއެއް ނަޝީދުއަށް

ސުވާދީބު
Share