web analytics
ޙަބަރު

މަހުޖަނުންގެ ދަރިންގެ މުއްސަނދި ދިރިއުޅުން އަހަރެމެންގެ ލޮލުން ފެންނަގޮތް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މަހުޖަނެއްގެ ދަރިއަކަށް ވުމަކީ އުފަލެއް ހެއްޔެވެ؟ ނުވަތަ ނަސީބެއް ހެއްޔެވެ؟ ޔަގީނުން ވެސް ދުރުގައި މަންޒަރު ބަލަން ތިބޭ މީހުންނާނީ އާނއެކޭއެވެ. މިއީ މަހުޖަނެއްގެ ދަރިއަކަށް ވުމަކީ ނަސީބެއްތޯ ނުވަތަ ބަދުނަސީބެއްތޯ ބަހުސް ކުރަން ލިޔާ ލިޔުމެއް ނޫނެވެ.

ތިރީގައި އެވަނީ މަހުޖަނުންގެ ދިރިއުޅުން އަހަރެމެންނަށް ފެންނަ ގޮތް ދައްކުވައިދޭ ބައެއް ފޮޓޯތަކެވެ. އަގުބޮޑެތި ވިލާތަކާއި، ފަސްޓް ކްލާސް އެއާޕޯޓް ލޯންޖްތަކާއި ޕްރައިވެޓް ޖެޓް ތަކުގައި ދުނިޔެ ބަލާލަން މަހުޖަނުންގެ ދަރިން ކުރާ ދަތުރުތައް އެމީހުންގެ މީސް މީޑިއާ އެކައުންޓްތަކުން ފެނެއެވެ.

ސްވިޒަލޭންޑްގެ މަހުޖަނެއްގެ ދަރިއެއް ކަމަށްވާ ޒަރާ ނިލްސަން ހެނދުނުގެ ކޮފީ ބޯލަނީ ދުބާއީގެ އެންމެ އަގުބޮޑު އެއް ހޮޓާކަމަށްވާ އަރްމާނީ ހޮޓެލްގެ ކޮޓަރިއެއްގައި އޮވެ މުޅި ދުބާއީގެ ރީތި މަންޒަރުތައް ބަލަމުންނެވެ.

ޒަރާ ނިލްސަން
ޒަރާ ނިލްސަން

ލޮރީ ހޯޒާ އޭނާގެ ބައްޕަގެ ފައިސާ އިން ދަތުރު ކުރަމުން ދަނީ އަގުބޮޑު ޗުއްޓީއެއް ހޭދަކޮށްލާށެވެ. އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ވެސް އޭނާ ވަރަށް އުފަލުން އެއިނީ ކިތަންމެ ފައިސާއެއް ދަތުރަށް ޚަރަދުވި ނަމަވެސް އޭނާގެ ބޮލުގައި އެއްވެސް ރިހުމެއް ނެތުމުންނެވެ. ފައިސާ ހޯދާ ގޮތަކާއި މެދު ވިސްނާކަށް އޭނާ ނުޖެހެއެވެ.

ލޮރީ ހޯޒާ
ލޮރީ ހޯޒާ

އިންސްޓަގްރާމްގައި މަޝްހޫރު “މިސް އެވްރިވެއާ” އިށީންދެގެން އެއިން ބެލްކަނިން ފެންނަނީ ގުދުރަތީ ރީތިކަމުގެ އެފަދަ ދެވަނައެއް ނުވާ މަންޒަރެކެވެ. އެއީ ރަޖާ އަމްޕާޓް އައިލެންޑްތަކެވެ.

މިސް އެވްރިވެއާ
މިސް އެވްރިވެއާ

ވެރޮނިކާ އޯކިޑް ޕްރައިވެޓް ހެލިކޮޕްޓަރެއްގައި އޭނާގެ މަންޒިލަށް ދިއުމަށް ފަހު ނަގާފައިވާ ފޮޓޯއިން “މުއްސަނދިކަން” ނުފެނު ނަމަވެސް ހަޤީޤަތުގައި އޭނާ ކުރާ ދަތުރުތަކުގެ އަގު ގުނަން ޖެހެނީ އެތައް ލައްކަ ޑޮލަރަކުންނެވެ.

ވެރޮނިކާ އޯކިޑް
ވެރޮނިކާ އޯކިޑް

މަހުޖަނެއްގެ ދަރިއަކަށް ވުމަކީ ދުނިޔެ މަތިން ވަރަށް ގިނަ އުފަލާއި އަރާމު ލިބިދާނެ ކަމެކެވެ. ނަމަވެސް ނަސީބާއި، ހިތުގެ ހަމަޖެހުމަކީ ފައިސާއަށް ގަނެވޭނެ އެއްޗަކަށް ނުވެއެވެ. ދުނިޔެ ދައްކާ ހަޤީޤަތަކީ އެއީ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަރުވެފައި އޮތް މީހަކު މާރުކޭޓާ ދިމާލު މޫދުން ފެނިއްޖެ

ސުވާދީބު

ބޭއިންސާފުން ވަޒީފާ ގެއްލިފައިވާ 451 މައްސަލައެއް ބަލަން ފަށައިފި

ސުވާދީބު

މަޖިލީހުގައި މެޖޯރިޓީ ލިބެން ޖެހޭނީ ރައީސަށް: އަލީ ވަހީދު

ސުވާދީބު
Share