web analytics
ޙަބަރު

މަރުތައް ބަލާ ކޮމިޝަނުން މުނާޒް އިސްތިއުފާ ދެއްވައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މެމްބަރު ކަމުން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަންގެ މެމްބަރު ކަމުން މުނާޒް އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ. އެނގިފައިވާ ގޮތުގައި، މުނާޒް އިސްތިއުފާ ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ވަޑައިގަތުމަށެވެ.

ރައީސް އުފެއްދެވި މަރުގެ މައްސަލަތަކާ ގުޅޭ ކޮމިޝަންގައި ދެން ހިމެނޭ މެމްބަރުންނަކީ ގާނޫނީ ވަކީލު ހުސްނުއް ސުއޫދާއި އާދަމް އިބްރާހީމާއި ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ކުރީގެ ނޫސްވެރިޔާ މިސްބާހް އައްބާސް އެވެ. މުނާޒްގެ ބަދަލުގައި ކޮމިޝަނަށް އާ ބޭފުޅަކު އަދި އައްޔަން ނުކުރެ އެވެ.

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަހުގީގުނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުން ހިމެނެ އެވެ.

މި ކޮމިޝަނަށް ރައީސް މެމްބަރުން އައްޔަން ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮިޝަނުން ބުނީ މިހާރު ބަލަމުން އަންނަ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށާއި ތިން މަހުގެ ތެރޭގައި މައްސަލަތައް ނިންމަން އަމާޒު ހިފައި މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ލިސްޓެއް އަންނަ ބުރާސްފަތި ދުވަހު ހާމަކުރާނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކައިވެނި ކުރަން އެންމެ ރަނގަޅީ އުމުރުން 26 އަހަރުވުމުން!

ސުވާދީބު

އިއްޔެ ގެނބިގެން މަރުވި ދެމަފިރިން ރާއްޖެ އައީ ހަނީމޫންއަށް

ސުވާދީބު

ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

ސުވާދީބު
Share