web analytics
ޕްރައިމަރީ

މަސްތުވުމުގެ ހިދުމަތްދޭ ކެފޭތަކެއް މާލޭގައި!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ ތެރޭގައި ފުލުހުން ވަނީ މާލޭގައި ވަރުގަދަ ޑްރަގް ރެއިޑް އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ފަސް ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. މިރޭވެސް ދަނީ ގެއެއް ބަލާ ފާސްކުރަމުންނެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

“އަދި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަކުރަން. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފާހަގަކުރަން. މި ގޮތުން މިހާތަނަށް ފަސް ގެއެއް ވަނީ ބަލާފާސް ކުރެވިފައި.” ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ޑްރަގް ރެއިޑްގައި މިހާތަނަށް ބަލާފައިވާ ގެތައް

  • މ. ފެޝަންމީޑް
  • މ. ނަދީއިރުމަތީބައި
  • ހ. ވެލިރަންގެ
  • ގ. މެމޮރީވިލާ
  • މ. ލޮނުމިދިލިގެ

ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑް އޮޕަރޭޝަންގަައި ފަސް ގެއެއް ބަލާ ފާސްކޮށް 29 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ހައްޔަރުކުރެވުނު މީހުންގެ ތަފްސީލް

  • މ. ފެޝަންމީޑްގެ އިން 11 މީހުން
  • މ. ނަދީއިރުމަތީބައި އިން 04 މީހުން
  • ހ. ވެލިރަން އިން 10 މީހުން
  • ގ. މެމޮރީވެލީ އިން 04 މީހުން

ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިސް އިންތިހާބާ ދިމާކޮށް އެޗްއާރްސީއެމްގެ ކެމްޕޭނެއް

ސުވާދީބު

އޮޅުންބޮޅުން: ހުއްދަ ކޮންމެ ކަމެއް ހުއްދަ!

ސުވާދީބު

މަރަށް މަރު ހިފުމަށް ދެކޮޅުހަދާ ފަރާތް ތަކަށް

ސުވާދީބު
Share