web analytics
ސިޔާސީ

މަޖްލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރޭނަން: ހަސީން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ކެންޑިޑޭޓުން ނެރޭނެކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމަށް ތިން ހާސް މެމްބަރުންގެ ފޯމު އިލެކްޝަނަށް ހުށަހެޅުމަށް ފަހު މިއަދު “އައްޑޫލައިވް”އަށް ދެއްވި އިންޓަވިއުއެއްގައި ހަސީން ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގެ ހުއްދައަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަސީން ވިދާޅުވީ ހުއްދަ ލިބުމާއި އެކު ޖަލްސާ ބާއްވައި އަންނަ މަޖްލިސް އިންތިހާބަށް ޕާޓީން ކެންޑިޑޭޓުން ނެރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެޕާޓީން ނެރޭނީ ކިތައް ކެންޑިޑޭޓުން ކަމެއް ހަސީން ވިދާޅެއް ނުވެއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އެމްއެލްއެސްޑީޕީ ރަޖިސްޓްރީކޮށްދިނުމަށް އެދި 3020 މެމްބަރުންގެ ފޯމު އިލެކްޝަން ކަމިޝަނަށް ހުށަހަޅާފައެވެ.

އަކުރަމް ވިދާޅުވީ އެފޯމުތަކުގެ ސައްހަކަން އިލެކްޝަނުން ބެލުމަށް ފަހު ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހުއްދަ ދެއްވާނެކަމަށެވެ.

އިލެކްޝަން ކަމިޝަނުން ވަނީ ދާދި ފަހުން މޯލްޑިވްސް ތާޑްވޭ ޑިމްކޮރަޓެސްގެ ނަމުގައި ޕާޓީއެެއް އުފެއްދުމަށް ހުއްދަ ދީފައެވެ. އަދި މިއަދު “ގައުމީ ވިންދު” ނަމުގައި ޕާޓީއެއް ހެދުމަށް އޮގަރު ޒަމީރަށް ވަނީ ހުއްދަ ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 6 ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީއާއި، ޑީއާރުޕީއާއި،
އެމްޑީއޭގެ އިތުރުން ޕީޕީއެމް އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދުވާފަރުގައި 10 އަހަރު، އެކަމަކު އަދިވެސް ކަނދޮޅުދޫގެ ރަށްވެހިން!ހައްލެއް ލިބޭނެބާ!

ސުވާދީބު

އުމަރު ނަސީރު ހުރީ މިނިވަން 50ގެ ކޮރަޕްޝަން، އަދި ވެރިކަމުގެ ތެރެއިންވެސް ޔާމީންގެ ދަށުވެފައި – މުއާޒް

ސުވާދީބު

އުމަރު އަނެއްކާވެސް އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަނީ

ސުވާދީބު
Share