ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި 16 މެގަވޮޓް ޕަވަރ ޕްލާންޓަކާއި 132 ކޭވީއޭ ސަބްސްޓޭޝަނެއް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ސްޓެލްކޯ އިން އިއުލާން ކޮށްފިއެވެ.
ސްޓެލްކޯ އިން ކުރި އިއުލާނެއްގައި ވިދާޅުވީ މިމަސައްކަތަށް އަގުހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ޖެނުވަރީ 27 އިން 2018 ފެބްރުއަރީ 07 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން މެންދުރު 15:00 އާދެމެދު 200 ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހި ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2019 ފެބްރުއަރީ 10 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ސްޓެލްކޯއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށް އެކުންފުނިން އެދެއެވެ.
އަދި 2019 ފެބްރުއަރީ 24 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ވެސް ސްޓެލްކޯ އިން އެދެއެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2019 ޖެނުވަރީ 30 އިން 2019 ފެބްރުއަރީ 07 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އާ ދެމެދުގައެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 500,000.00 (ފަސްލައްކަ ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަން ޖެހެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ 15 އިންސައްތަ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ.
ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝިއުރެންސް ޕޮލިސީއެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދެވެންވާނެ ކަމަށާއި އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
މިމަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބްރުއަރީ 24 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުމަށް އިއުލާނުގައި ވަނީ އެދިފައެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.
މާލޭގައި 16 މެގަ ވޯޓްގެ ޖަނަރޭޓަރެއް ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރިއިރު މާލެ އިން ކަރަންޓް ކެނޑުން މިހާރު ވަނީ އާއްމު ކަމަކަށް ވެފައެވެ.
Facebook Comments