web analytics
ޙަބަރު

މިއީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ސާފެއް ނޫން: ރައީސް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފު ނުވާ ކަމަށާއި ނިޒާމް ސާފުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހު 6 ގައި ބާއްވާއިރު، އެ މަޖިލީހުގައި ކުރަން ރާވާނެ އެއް ކަމަކީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވާނީ، އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަފާނަންތޯ ދެންނެވުމުން ރާއްޖޭގައި މިއޮތް ނިޒާމާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

“ފުރަތަމަ ސުވާލަކީ ރާއްޖޭގައި މިއޮތީ ކޮން ނިޒާމެއްތޯ؟ އެއެއް ނޭނގެ އަޅުގަނޑުމެންނަކަށް. ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ވެސް ހަމައެއް ނުވޭ. ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއް ވެސް މި ނިޒާމުގައި ހަމައެއް ނުވޭ،” ރައީސް ވިދާޅުވި އެވެ.

“އެހެންވީމަ ގާނޫނުއަސާސީ އަށް އެބަޖެހޭ ބަދަލު ގެންނަން. ރިޔާސީ ނިޒާމް ފުރިހަމަ އަށް ހިންގަން ބޭނުން ކަމަށް ވަންޏާ އެގްޒެކެޓިވް ޕަވާތަކެއް އިތުރަށް ލިބެން އެބަޖެހޭ. އެހެން ނޫނިއްޔާ ބަރުލަމާނީ ނިޒާމަކަށް ދާންވީ.”

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ނިޒާމު ސާފުވާ ގޮތަށް ގާނޫނުއަސާސީގައި ލިޔަން ޖެހެ އެވެ. ނިޒާމަށް ބަދަލު ގެންނަ ނަމަ އަމަލުކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ސާފުކޮށްދީފައި އޮތް ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހުމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޗައިނާގެ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ: ޝާހިދު

ސުވާދީބު

ތިނަދޫގައި ފެންބޮޑުވެ، ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ސުވާދީބު

އެމީ ޖެކްޝަން އަންނަ އަހަރު ކައިވެނި ކުރަނީ

ސުވާދީބު
Share