web analytics
ވިޔަފާރި

މި ހުރީ 100 އަހަރަށް ދެމިހުންނާނެ ފަޓުލޫނު، އަލިފާން ޖެހުނަސް ގޮތެއް ނުވާނެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ބައެއް މީހުންނަކީ އެމީހުން ލައި އުޅޭ އަންނައުނުތައް ވަރަށް އަވަސް އަވަހަށް ބަދަލު ކުރާ ބައެކެވެ. ހަމައެހެންމެ، ބައެއް މީހުންނަކީ އެމީހުން ލައި އުޅޭ އަންނައުނުތައް އެހާ އަވަސް އަވަހަށް ބަދަލު ކުރާ ބައެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް، މި ފަޓުލޫނަކީ 100 އަހަރަށްވެސް ދެމި ހުންނާނޭ ފަޓުލޫނެކެވެ.

ޤަރުނެއްގެ މުއްދަތަށް ދެމި ހުންނާނޭ މި ފަޓުލޫނު އުފައްދާފައިވަނީ “ވޮލިބެކް” ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުންޏަކީ މިފަދަ މޮޅެތި އުފެއްދުންތަކަށް ދުނިޔޭގައި މަޝްހޫރު ބައެކެވެ.

އެކުންފުނީގެ ވެރިއެއްކަމުގައިވާ ސްޓީވް ޓިޑްބޯލް ބުނެފައިވާ ގޮތުގައި މި އުފެއްދުން އުފެއްދުމަށްޓަކައި ބޭނުންކޮށްފައިވަނީ ވަރަށް މޮޅެތި މެޓީރިއަލް އެވެ. އެގޮތުން، އެސްޓްރޮނޮޓުންގެ ހެދުން ފަރުމާކުރުމާއި ތައްޔާރު ކުރުމުގައި އަދި ސިފައިންގެ ޔުނީފޯމް ތައްޔާރު ކުރުމުގައި ބޭނުންކުރާ ބާވަތްތައް، މި ފަޓުލޫނު ތައްޔާރު ކުރުމަށް ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މި ފަޓުލޫނުގައި ހިމެނެނީ މައިގަނޑު ތިން ފަށަލައެކެވެ. ފުރަތަމަ ފަށަލައަކީ ފެނުން ރައްކާތެރިކޮށްދޭ ފަށަލައެކެވެ. ދެވަނަ ފަށަލައަކީ އަލިފާނުން ރައްކާތެރިކޮށްދޭ އަދި އޮޓަމެޓިކުން ފަޓުލޫނު ބޮޑުކޮށްދިނުމަށް އެހީތެރިވެދޭ ފަށަލައެކެވެ. ފަޓުލޫނު ބޮޑުކޮށްދޭނީ، އެއަށް އަލިފާނުގެ އަސަރު ކުރުމުންނެވެ.

އެންމެ ދަށުގައި އޮންނަ ތިންވަނަ ފަށަލަ ހަދާފައިވަނީ ނައިލޯނު ފަދަ އަރާމިޑް ފައިބަރގެ ބާވަތެއް ބޭނުންކޮށްގެންނެވެ. އެހެންކަމުން، ފަޓުލޫނު ވިރިގެން ނުވަތަ އަނދައިގެން ނުދާނެއެވެ.

މި ކުންފުނިން މީގެކުރިންވެސް ވަނީ މިފަދަ ހަލާކުވެގެން ނުދާނެފަދަ ހުޑީ އެއްވެސް އުފައްދާފައެވެ.

ކޮންމެ ފަހަރަކުވެސް މި ފަޓުލޫނުގެ ކުޑަ ސްޓޮކް އެއް އުފައްދާއިރު، ފަޓުލޫނެއް ވިއްކަނީ އެންމެ 645 ޑޮލަރަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މި އަހަރު ދުނިޔޭގެ އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ 10 ބަދަލު

ސުވާދީބު

އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި

ސުވާދީބު

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

ސުވާދީބު
Share