ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އިންޑިއާގެ މަޝްހޫރު ޑައިމަންޑު ވިޔަފާރި ކުރާ ފަރާތެއް ކަމަށްވާ ރަޖޭޝްވަރު އުދާނީގެ މަރާއި ގުޅިގެން ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޓީވީ ޝޯ، “ސާތު ނިބާނާ ސާތިޔާ” ގައި ގޯޕީގެ ރޯލުން ބޮޑު މަގުބޫލު ކަމެއް ލިބުނު، ޑިވޮލީނާ ބަޓަޗާޖީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އުމުރުން 57، އަހަރުގެ ރަޖޭޝްވަރު ގެެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ މަހުގެ 28 އެވެ. ޖަންގައްޔެއްގެ ތެރޭގައި އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަ ހެވެ. އެމައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނީ، ބެލެވޭ ގޮތުގައި އޭނާ އެހެން ސަރަހައްދެއްގައި މަރާލުމަށް ފަހު އެ ޖަންގައްޔަށް އެއްލާލީ ކަމަށް ތަހުގީގަށް ގަބޫލު ކުރެވޭ ކަމަ ށެވެ.
އެމައްސަލައާ ގުޅިގެން ގޯޕީއަށް ސުވާލު ކުރުމަށް އޭނާ ފުލުހުންގެ އިދާރާއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. އަދި އެތައް ގަޑިއިރުތަކެއް ވަންދެން ސުވާލުތައް ކުރުމަށްފަހު ފުލުހުން ވަނީ އޭނާ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރަޖޭޝްވަރަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ އަންހެނުންނާއި ގުޅުން އޮންނަ ފަރާތެއް ކަމަށް ހަބަރުތައް ބުނެ އެވެ. އެހެންކަމުން، އޭނާގެ މަރާއި ގުޅިގެން އުމުރުން 28 އަހަރުގެ ގޯޕީގެ އިތުރުން އިތުރު ތަރިންތަކަކަށް ވެސް ސުވާލު ކުރާނެ ކަމަށް ބެލެވެ އެވެ.
މީގެއިތުރުން އެމައްސަލައާ ގުޅިގެން އިންޑިއާގެ މިނިސްޓަރެއްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގޯޕީއަކީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ފަރާތްތަކުގެ ލިސްޓުން ވެސް ޖާގަ ހޯދާފައިވާ ފަރާތެ ކެވެ. ތަފާތު ރިއަލިޓީ ޝޯތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ގޯޕީއަށް މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ކާމިޔާބީއެއް ވެސް ލިބިފައިވެ އެވެ. އޭނާ އަންނަނީ މިއުޒިކީ ދާއިރާގައި ވެސް ހަރަކާތްތެރި ވަމުން ނެވެ.
Facebook Comments