web analytics
ޙަބަރު

މުސްތަފާގެ ދުވަސް ދަނީބާ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަށް ވާދަނުކުރެވޭނެ ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފިއެވެ.

އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ ޕާޓީން ނުކެނޑޭނެ ކަމަށް ބުނެ އިގްރާރެއްގައި ސޮއިކުރަންޖެހޭ ކަމަށާއި، އެމްޑީޕީގެ އިންތިހާބޭ ބެހޭ ގަވާއިދުގެ 51 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ސޮއިކުރާ އިގުރާރާ ހިލާފުވެއްޖެނަމަ އެއް އަހަރާ ހަތްއަހަރުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.
މީގެ ކުރިން 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި މުސްތަފާ ވާދަކުރައްވައި އިންތިހާބުވުމުން ޕާޓީ ބަދަލުކުރެއްވިކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
“އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުވާ ގޮތުގެ މަތިން 2019 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މުހައްމަދު މުސްތަފާއަށް ލިބިގެނެއް ނުވޭ” އެ ސިޓީގައިވެއެވެ.
އެހެންކަމުން މުސްތަފާ އަމަލު ކޮށްފައިވާ ގޮތަށް ބަލައި އެމްޑީޕީގެ އިންތިހާބޭ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން މުސްތަފާއަށް ކުރިމަތި ނުލެވޭނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބްރިގޭޑިއާ ޑީޑީގެ ޗެލެންޖެއް ކާނަލް ނާޒިމަށް!

ސުވާދީބު

އަޅުކަން ކުރަން ބޭނުން ކުރާ ގިނަ އަދަދެއްގެ ބުދު އިންޑިއާ އިން ރާއްޖެ އެތެރެކޮށްފި

ސުވާދީބު

އަފުރާޝިމްގެ މަރައް އިންސާފް ލިބޭނެބާ؟

ސުވާދީބު
Share