ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
Rudolph the Red Nosed BurglarHad a very shady schemeAnd if you saw the videoIt would want to make you scream.All of the other burglarsUsed to steal without disguiseThey weren’t like this RudolphShe’s different from the other guys.On one foggy December eveRudolph came to steal.Broke into a Hickory shop,Never expected to see a cop.Oh how the camera caught herAs she committed burglaryRudolph the Red Nosed CriminalWe need your help with her I.D.*****All kidding aside, in the early morning hours of December 18, someone actually broke into a business in the 300 block of Hickory Street and stole several items…while attempting to disguise herself as one of Santa's helpers. If you have any info about this incident or know suspect's identity, let us know so we can notify St. Nick. Please call Officer Treutler at 970-221-6555 or Larimer County Crime Stoppers at 970-221-6868.Thanks for your help, Fort Collins!
Posted by Fort Collins Police Services on Saturday, December 22, 2018
ވައްކަންކުރާ މީހުން ވަރަށް މޮޅު ކަމެއް ކަމަށް ހީކޮށް ކުރާ ކަންކަމުގެ ފަޅާއަރައި، އެކަން ބޮޑު މަޖާގަނޑަކަށްވާ ފަހަރު ވެސް އާދެ އެވެ.
އެމެރިކާގެ ކޮލަރާޑޯގެ އެޕާޓްމަންޓަކަށް އަންހެނަކު ވައްކަން ކުރަން ވަނީ ރެއިންޑިއާއެއްގެ “ބޮލެއް” ބޮލަށް ފައްތައިގެންނެވެ. މީގައި އެންމެ މަޖާ ކަމަކީ ވައްކަމުގެ ތެރޭގައި މި އަންހެން މީހާ ބޯ ނައިގައި ސީސީޓީވީ ކެމެރާ އަށް ވެސް ވަރަށް ރީތިކޮށް ބަލައިލާ ކަމެވެ.
ކޮލަރާޑޯގެ ފޯޓް ކޮލިންސް ޕޮލިހުންގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑިއޯ އިން މި އަންހެން “ރެއިންޑިއާ ވަގު” ކުރާ ކަންތައް ވަރަށް ރީތިކޮށް ފެނެ އެވެ. އެގޮތުން ގޭތެރޭގެ އެކި ތަންތަނުގައި ހުރި އެއްޗެހި ނަގައިގެން ބަލައި އޭނާ އަށް ކަމުދާ އެއްޗެހި ކޮތަޅަކަށް އަޅާ ތަން ފެނެ އެވެ.
ފުލުހުން ވީޑިއޯ އާންމުކޮށް އެ އަންހެން މީހާއަކީ ކާކުކަން އެނގޭ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރަން އެދިފައިވެ އެވެ.
ފުލުހުން ވީޑިއޯ އަޕްލޯޑް ކުރީ އެއަށް މަޖާ ނަމެއް ވެސް ދީފަ އެވެ. އެއީ ރުޑޯލްފް ދަ ރެޑް-ނޯޒްޑް ބާގްލާ އެވެ. އެ ނަމަކީ ސަންތާ ނައިންތު ރެއިންޑިއާގެ ނަމުގައި މަޝްހޫރު ހިޔާލީ ކެރެކްޓާއެކެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މި މަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ ވައްކަމެކެވެ.
Facebook Comments