web analytics
ްކޮލަމ

ފަނޑިޔާރެއްގެ ދުލުން: “އަޅުގަނޑު ފަނޑިޔާރުކަން ދޫކޮށްލި ސަބަބު”

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރަށުގައި ތަޢުލީމު ޙާސިލްކުރުމަށްފަހު އަޅުގަނޑު، ވެރިރަށް މާލެ ބަދަލުވެ ރާއްޖޭގައި ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވާ ނިންމުމަށްފަހު އުއްމީދުކޮށްގެން ހުރީ ޑޮކްޓަރަކަށް ވުމަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބޭތޯއެވެ. ނަމަވެސް އެކުގައި ކިޔެވި އެތައް ކުދިންނެއް އެކި ރޮނގުތަކުން ތައުލީމު ޙާސިލް ކުރުމަށް ރާއްޖެއިން ބޭރަށް ފުރަމުން ދިޔައިރު ވެސް އަޅުގަނޑު ހުރީ ޑޮކްޓަރުކަން ކިޔެވުމަށް ދިއުމުގެ ފުރުސަތެއް ލިބޭތޯ އެކި މީސް މީހުންނަށް އާދޭސް ކުރުމުގައެވެ. ސަރުކާރުގެ ވުޒާރާތަކަށް އެހީތެރިކަމަށް އެދި ސިޓީ ފޮނުވުމުގައެވެ.

ކަން ދިމާކުރި ގޮތުން ޑޮކްޓަރުކަން ކިޔަވަން ދިއުމުގެ ނަސީބު އަޅުގަނޑަކަށް ނުލިބުނެވެ. އެހެން ހުއްޓާ ލިބުނީ ޤާނޫނީ ދާއިރާއިން ކިޔަވަން ދިއުމުގެ ފުރުސަތެވެ. އޭރު ރާއްޖޭގައި ޤާނޫނީ ރޮނގުން ކިޔަވައިގެން ތިބި މީހުންގެ އަދަދު އެހާ ގިނައެއް ވެސް ނޫނެވެ. އެހެންވެ، އާއިލާގެ ގިނަ މީހުންނާއި އަޅުގަނޑަށް ކިޔަވައިދެއްވި މުދައްރިސުން ވެސް ލަފާ ދެއްވީ އެ ރޮނގުން ކިޔަވަން ދިއުމަށެވެ. ރާއްޖެއިން ބޭރުގައި އަހަރުތަކެއް ވަންދެން ހުރުމަށް ފަހު އަޅުގަނޑު ރާއްޖެ އައީ ނަމުގެ ކުރިޔަށް ޑޮކްޓަރުގެ ލަޤަބު އިތުރު ނުކުރެވުނު ނަމަވެސް އިތުރުކުރާނެ އެހެން ލަޤަބެއް ޙާސިލްކޮށްގެންނެވެ. އެއީ “އަލްއުސްތާޛް”ގެ ލަޤަބެވެ.

ޤާނޫނީ ރޮނގުން ކިޔަވަން ދިޔައީ ދައުލަތުގެ ޚަރަދުގައި ކަމުން އަޅުގަނޑަށް ޖެހުނީ އޭގެ ބަދަލެއްގެ ގޮތުގައި ދައުލަތަށް ޚިދުމަތް ކުރާށެވެ. އެންމެ ފުރަތަމަ ކޯޓެއްގެ އެޑްމިން ބައިގައި މަސައްކަތް ކުރި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ކޯޓުގެ ގާޒީއަކަށް އެއަށް ފަހު ދުވަސްކޮޅެއް ނުވެ ފަނޑިޔާރެއްގެ ވަޒީފާ އަޅުގަނޑަށް ހަމަޖެހުނެވެ. އެ ވަޒީފާ އަޅުގަނޑަށް ހަމަޖެހުމުން ފުރަތަމަ ދުވަހު އަޅުގަނޑަށް ކުރެވުނު އިޙްސާސް މިހާރު ވެސް ހަނދާން އެބަހުއްޓެވެ.

ރައްޓެހިން ގާތުގައި އެދުނީ، ކިތަންމެ ގާތް މީހަކަށް ވިޔަސް އަޅުގަނޑު ފަނޑިޔާރު ކަމުގެ ވަޒީފާ އަދާކުރަން ފެށުމާއި އެކު، އަޅުގަނޑު ގާތަށް އެއްވެސް މައްސަލައެއްގެ ވާހަކައެއް ދެއްކުމަށް ނުވަތަ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމަށް އައިސްގެން ނުވާނެ ކަމަށެވެ.

ވަރުގަދަ ޢަޒުމެއްގައި ހިތްވަރާއި އެކު ފަނޑިޔާރެއްގެ ވަޒީފާ އަޅުގަނޑު އަދާކުރަމުން ދިޔައީމެވެ. މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް އިންސާފުވެރިކޮށް ޙުކުމް ކުރެވޭތޯއެވެ. އޭރު ވެސް ކޯޓު ތަކުގައި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅާ ވާހަކަ ކޮންމެވެސް ވަރަކަށް އަޑުއަހައި އުޅުނީމެވެ. އެހެން ނަމަވެސް ޤަބޫލުކޮށްގެން ހުރީ އެއީ މުޅިން ފުލޯކު ވާހަކަތައް ކަމަށެވެ.

ނަމަވެސް އަމިއްލަ ލޮލަށް އެފަދަ މަންޒަރެއް ފެނުމުން ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިޔަސް އަޅުގަނޑަށް ޖެހުނީ އެކަން ޤަބޫލުކުރާށެވެ. ނަމެއް ނުލިޔާނަމަވެ. އެއީ އަޅުގަނޑާއި އެކު އެއް ކޯޓެއްގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެބޭފުޅާ ބެއްލެވި މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުން “ހަދިޔާ” އެއްގެ ގޮތުގައި 2 ލައްކަ ރުފިޔާ ދިނީ އަޅުގަނޑުގެ ކުރިމަތީގައެވެ. އެ ފަނޑިޔާރާއި އަޅުގަނޑު އެކަމާއި ސުވާލު ކުރީމެވެ. ޖަވާބަކަށް ވީ މިއީ ‘މައްސަލައެއް’ ނޫން ކަމަށެވެ.

ފަނޑިޔާރަށް ލިބުނު 2 ލައްކަ ރުފިޔާގެ “ހަދިޔާ” އާއި މެދު އަޅުގަނޑު ވަރަށް ވިސްނީމެވެ. އެއީ ރިޝްވަތަށް ނުވާނެ އެއްވެސް ގޮތެއް ނެތްކަން އަޅުގަނޑަށް އެނގުނެވެ. ނަމަވެސް، އެހެން މީހަކު ބޭޒާރުކޮށްލަން ބޭނުން ނުވާތީ އެވާހަކަ އެހެން މީހަކާ ހިއްސާ ނުކުރަމެވެ. އަޅުގަނޑު އެދުވަހު ނިންމި ގޮތަކީ، “އެމީހަކު ކުރި ކަމެއް އެމީހަކަށެވެ. އަޅުގަނޑު ރިޝްވަތުގައި ނުހިފާނަމެވެ.”

ނަމަވެސް ފަނޑިޔާރުކަން ކުރެއްވި މުއްދަތުގައި އެކުގައި މަސައްކަތް ކުރެއްވި ބައެއް ފަނޑިޔާރުންގެ ކިބައިގައި ހުރި ނުރަގަޅު އާދަތަކުގެ އަސަރު އަޅުގަނޑަށް ވެސް އެންމެ ފަހުން ކުރިއެވެ. އަހިވަކާއި ޖެހި އަހިވަށް ފާވެއޭ ބުނާ އުސޫލުންނެވެ.

އަޅުގަނޑު ހޭލައްވާލީ، އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. އެ ހުވަފެނުގެ ސަބަބުން އަޅުގަނޑަށް ހޭލެވުނެވެ.ހުވަފެނުގައި ފެނުނީ، ސަމްސަލަކުން އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅަށް، އަލިފާން ކާން ދިން މަންޒަރެވެ. ދަރިފުޅު، “ބައްޕާއޭ ހާދަ ހޫނޭ” ބުނާ ކޮންމެ ފަހަރަކު، “ނޫނޭ ދަރިފުޅާ އަދި ކާލާ” މިފަދައިން އަޅުގަނޑު ގެންދިޔައީ ބުނަމުންނެވެ.ހުވަފެނަށް ފަހު އަޅުގަނޑަށް އެއްގޮތަކަށް ވެސް ހަމަ ނިންޖެއް ނުލިބެއެވެ.

އަޅުގަނޑަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހެޅީ ވެސް ކުރިން ބަޔާންކުރި ފަނޑިޔާރު މެދުވެރިކޮށް އޭނާގެ އެކުވެރި މީހެކެވެ. މީހެކޭ ބުނާވަރަށް ވުރެ އެއީ މާ ނުފޫޒުގަދަ ސިޔާސީ ފަރާތެކެވެ. އެއީ ޖިނާޢީ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއްގެ މައްސަލައެކެވެ. ފައިސާ އަކީ، އިންސާނުން ހެއްލުންތެރި ކުރުވާ އެއްޗެކެވެ. އަޅުގަނޑު ވެސް ފައިސާ ފެނިފައި އޭގެ އަވައިގައި ޖެހުނީއެވެ.

ދުވަސްތައް ވޭތުވަމުން ގޮސް އަޅުގަނޑު ފަނޑިޔާރެއްގެ ވަޒީފާގައި ހުންނަތާ 5 އަހަރު ވީއިރު އެއްކަލަ ރަޙްމަތްތެރި ފަނޑިޔާރަށް ވުރެ މާ ގިނައިން ބައެއް ފަހަރަށް “ހަދިޔާ” ލިބެމުން ދިޔައެވެ. އޭރު އެއީ ހަމަ އެއްވެސް މައްސަލައަކަށް އަޅުގަނޑަކަށް ނުވެއެވެ.

އަޅުގަނޑު އުޅެމުން ދިޔައީ، ތަނަވަސްކަމުން ފުރިގެންވާ ދިރިއުޅުމެއްގައެވެ. އަހަރު ދެކޮޅުގައި ދުނިޔޭގެ އެކި ޤައުމުތަކަށް އާއިލާ އެކުގައި ދަތުރުކޮށްލަމެވެ. މެޑިކަލް ޗެކަޕްތަކަށް ދުނިޔޭގެ ނަން މަޝްހޫރު ޤައުމުތަކަށް ކޮންމެ އަހަރަކު ވެސް ދަމެވެ.

މިގޮތުގައި ދުވަސްތައް ވޭތު ވަމުން ދަނިކޮށް، އަޅުގަނޑު ހޭލައްވާލީ، އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. އެ ހުވަފެނުގެ ސަބަބުން އަޅުގަނޑަށް ހޭލެވުނެވެ.

ހުވަފެނުގައި ފެނުނީ، ސަމްސަލަކުން އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅަށް، އަލިފާން ކާން ދިން މަންޒަރެވެ. ދަރިފުޅު، “ބައްޕާއޭ ހާދަ ހޫނޭ” ބުނާ ކޮންމެ ފަހަރަކު، “ނޫނޭ ދަރިފުޅާ އަދި ކާލާ” މިފަދައިން އަޅުގަނޑު ގެންދިޔައީ ބުނަމުންނެވެ.ހުވަފެނަށް ފަހު އަޅުގަނޑަށް އެއްގޮތަކަށް ވެސް ހަމަ ނިންޖެއް ނުލިބެއެވެ.

ހަގީގަތުގައި ވެސް އެކި މީސްމީހުންގެ އަތުން ނާޖައިޒު ގޮތުގައި ލިބެމުން ދިޔަ މަންފާތަކުން އަޅުގަނޑު ދަރިންނަށާއި އާއިލާއަށް ޚަރަދު ކުރަމުން ދިޔަ އިރު އެއީ ހަމަ އެމީހުންނަށް ކާންދެވޭ އަލިފާން ކަން އަޅުގަނޑަށް ވިސްނުނެވެ.

އާނ އެކެވެ. އޭގެ ކުރިން ވެސް ހަލާލު ގޮތުގައި އާމްދަނީ ހޯދުމަކީ ކޮބައިކަމާއި އެކަމަށް ދީން ބާރު އަޅާ މިންވަރު އަހަރެންނަށް އެނގެއެވެ. ޣާފިލްކަމުގައި ހުރެވުނީއެވެ. ދުނިޔޭގެ އަރާމަށް ހެއްލުނީއެވެ.

އަޅުގަނޑަށް ފެނުނު ހުވަފެނަށް ފަހު، ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވައި ކުރެވުނު ކުށްތަކަށް ތައުބާވީމެވެ. ފަނޑިޔާރު ކަމުގެ މަޤާމުގައި ހުރެ އަޅުގަނޑަށް އެތައް ބައެއްގެ ހައްޤުތަކަށް އަރައިގަނެވިފައިވާތީ އިތުރަށް އެ މަޤާމުގައި ހުންނަން ބޭނުން ނުވީއެވެ. މަޤާމުން އިސްތިއުފާ ދިނީމެެވެ.

ނަމަވެސް އޭގެ ފަހުން މިހާރު އެތަކެއް އަހަރުތަކެއް ވެގެން ދިޔަ ނަމަވެސް އަދިވެސް އަޅުގަނޑަށް ހަމަ ނިންޖެއް ނުލިބެއެވެ. އަޅުގަނޑުގެ ސަބަބުން އެތައް ބައެއްގެ ހައްޤުތައް ގެއްލިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ހިތުގައި އުފެދިފައިވާތީ، ހިތަކަށް ފިނިކަމެއް ނުލިބެއެވެ.

މިއީ އަޅުގަނޑުގެ ވާހަކައެވެ. ދޭން ބޭނުންވަނީ ރާއްޖޭގެ އެންމެހައި ފަނޑިޔާރުންނަށް ވެސް ނަސޭޙަތެކެވެ. ރިޝްވަތުގެ ފައިސާ އޮހޭނެއެވެ. ނަމަވެސް އަޅުގަނޑަށް ކަންތައް ކުރެވުނު ފަދައިން ތިބޭފުޅުން ކަންތައް ނުކުރައްވައްޗެވެ. އަނބިމީހާ އާއި ދަރިންގެ ފަރިއްކޮޅަކީ، އަލިފާން ކަމުގައި ނުހައްދަވައްޗެވެ. އަޅުގަނޑުވެސް އެއް އިރެއްގައި ދުނިޔަވީ އުފާހޯދުމަށް ރެއާއި ދުވާލު ހޭދަކުރީމެވެ. އަބަދުވެސް އޭރު އުޅުނީ ކޮންމެވެސް ކަމެއް ނުވެގެން އަވަދިނެތިއެވެ.

ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އޭރު ލިބުނު ބޮޑު މުސާރަ ނުލިބުނަސް މިހާރު މިއުޅެނީ ހަގީގަތުގައި ހިތްހަމަޖެހޭ ދިރިއުޅުމެއްގައެވެ. ޙަލާލު ގޮތުގައި އަނބިންނާއި ދަރިންގެ ޚަރަދު ބެލެއްޓުމަށް އާމްދަނީ ލިބޭނެ ފަދަ ވަޒީފާއެއްގައި ހުރުމުން މިހާރު ލިބޭ ހިތްހަމަޖެހުން ހާދަހާ ވާ ބޮޑެވެ.

ނޯޓް: މިއީ ‘ދިވެހި ޕޯސްޓް (ޑީޕީ)ގަައި ޝާޢިއު ކޮށްދިނުމަށް އެދި ކިޔުންތެރިޔަކު ފޮނުވި ލިޔުމެކެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކަށް ޑީޕީއިން މަރުހަބާ ކިޔާނަމެވެ މި ލިޔުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އަދި ލިޔުން ފޮނުވި ފަރާތުގެ މައުލޫމާތު ހިމަނާފައި ނުވަނީ އެފަރާތުން އެގޮތަށް އެދިލައްވާފައި ވާތީއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސިޔާސީ ޕިޔޯނުން! – ސަރުކާރު ހިންގުމުގެ ޙަރަދު އިންތިހާއަށް ބޮޑުވޭ!

ސުވާދީބު

މާފުށީ ޖަލުން މަންމައަށް އަސަރުގަދަ ސިޓީއެއް

ސުވާދީބު

އެންސްޕާ އާއި އާސަންދައިގެ ޚާއްޞަ އޮޑިޓު ރިޕޯޓަށްވެސް ކޮފީ އެޅުނީތަ؟

ސުވާދީބު
Share