web analytics
ރިޕޯޓް

ފަނޑިޔާރެއްގެ ޤަލަމުން ލިޔުނީމާ ރީއްޗެއް ނުވާނެ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކަށް ރައްޔިތުން ކުރަމުންގެންދާ އިތުބާރު ގެއްލުމަށް މެދުވެރިވެފައިވާ ސަބަބަކީ ޤާނޫނެތަކެއް ނުވަތަ ޤަވާއިދުތަކެއް ހެދިފައި ނެތުމެއް ނޫނެވެ. އެއީ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުން ބޭރުން ކަންތައް ކުރަމުން ގެންދިއުމެވެ.

އެކަން އެންމެ ރަގަޅަށް ވަޒަންކުރެވޭނެ ބަޔަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށެވެ. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރުވާ މިންވަރު އެންމެ ރަގަޅަށް ވަޒަން ކުރެވޭނީ ވެސް ހަމަ ފަނޑިޔާރުންނަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުން ބޭއިންސާފުން ހުކުމްތައް އިއްވާ ކަމަށް ރައްޔިތުން ދައްކާ ވާހަކަތަކަށް ފަނޑިޔާރެއްގެ ޙައިސިއްޔަތުން އަޅުގަނޑު އެއްބަސްވަމެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ އެއީ ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ޢަމަލު ކުރައްވާ އުސޫލު ނޫންކަމެވެ.

ކޯޓުތަކުގައި ތިއްބެވި ގިނަ ފަނޑިޔާރުންނަކީ، ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ފަނޑިޔާރުންނަށް ވިޔަސް އެކަން އެގޮތަށް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ޖުޑީޝިއަލް ސާވިސް ކޮމިޝަނެވެ. ކޯޓުގައި ފަނޑިޔާރު ނިންމާ ނިންމުމެއްގެ ސަބަބުން ވަޒީފާ ގެއްލުމުގެ ބިރާއި ނުވަތަ ކޮންމެވެސް ފިޔަވަޅެއް އެފަނޑިޔާރަކާއި މެދު އަޅާފާނެ ކަމުގެ ބިރު ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ގިނަ ފަނޑިޔާރުންނަށް އޮވެއެވެ.

ބޭއިންސާފު ތަޙައްމަލު ކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ޖެހިފައިވާ އެންމެ ބޮޑު އެއްސަބަބަކީ، އުސޫލުތަކާއި ޚިލާފަށް ސިޔާސީ ފަރާތްތަކުގެ ނޯކަރުންނަށް އެބޭފުޅުން ވުމެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރާ ފަދައިން ރިޝްވަތު ނަންގަވާ ފަނޑިޔާރުން އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކުގައި ތިއްބެވުމެވެ.

މީޑިޔާތަކާއި ހަމައަށް މައުލޫމާތު އާންމު ނުވި ނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުން ބޭއިންސާފުން ކުރަމުން ގެންދާ ކަންތަކާއި ބެހޭގޮތުން އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ.

ނަމަވެސް ޝަކުވާ އުފުލާ ފަނޑިޔާރުންނަށް ޖެހިވަޑައިގަންނަވަނީ، ކޮންމެވެސް ސަސްޕެންޝަނަކާއި ކުރިމަތިލައްވާށެވެ. ނުވަތަ އެ ފަނޑިޔާރުން އެހެން ކޮންމެވެސް ކޯޓަކަށް ބަދަލުކޮށްލަނީއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގާޒީ އަކު ހައްޔަރުކުރި މައްސަލައަކީ، ކޯޓުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ގުޅިފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރެވިގެން ދިޔަ ޝަރީޢަތުގައި ހުރި މައްސަލަތައް ވެސް ދިވެހިރާއްޖޭގެ ހައި ކޯޓުގައި ތިބި ބައެއް ފަނޑިޔާރުން ވަނީ ފާހަގަކޮށް ޖޭއެސްސީގައި އާއި އަދި ސުޕްރީމް ކޯޓުގައި ޝަކުވާކޮށްފައެވެ.

އެގޮތުން މުހައްމަދު ނަޝީދުގެ މަައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު ދިފާޢީ ހެކި ހުށަހެޅުމަށް ފުރުސަތު ދީފައި ނުވާތީ އެކަމާއި ބެހޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު އާއި ހޫނު ޒުވާބެއް ހިނގިއެވެ. އާޚިރު ނަތީޖާއަކަށް ވީ ޙައްޤު ބަސް ބުނުމުގެ ކުށުގައި އެ ފަނޑިޔާރު ހައި ކޯޓު ދެކުނު ގޮތްޕަށް ބަދަލު ކުރުމެވެ.

އެއީ ވެސް އެ ފަނޑިޔާރު އަމިއްލައަށް ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވާތޯ ކުރި ގޯނާއެކެވެ. ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ޢަމަލުތައް ހުރި ގޮތަކީ، “ތެދައް ހުރި އެއްޗެއް ހުރި ނަމަ ގޯނާ ކޮށް” އަމިއްލައަށް ފެއްސޭވަރު ކުރުމެވެ. ހައި ކޯޓާއި އެހެނިހެން ކޯޓުތަކުގައި ތިއްބަވައި ރިޓަޔާކުރެއްވި ފަނޑިޔާރުން އެގޮތް އިޚްތިޔާރުކުރެއްވީ އެހެން ވެގެންނެވެ.

މީގެ އިތުރުން ހައި ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެނެސް މުޙައްމަދު ނަޝީދުގެ މައްސަލަ އާއި ކާނަލް ނާޒިމްގެ މައްސަލަ ބެއްލެވި 2 ފަނޑިޔާރަކު އެ ކޯޓަށް ގެނައީ، ޤާނޫނީ ނިޒާމް ފުނޑާލުމަށް ފަހު ކުރަން ބޭނުންވާ ހުކުމްތައް ކޮޅަށް ޖެހުމަށް މަގުފަހި ކުރުމަށެވެ. އެކަމުގައި ޖުޑީޝިއަރީގައި ތިބި ނުފޫޒުގަދަ ފަރާތްތަކުން މިވަނީ ކާމިޔާބު ހޯދާފައެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނެވެ. ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރެއްގެ ވަޒީފާގައި އަޅުގަނޑު މިހުރީ ކޮންމެހެން ފައިސާގެ ދަހިވެތި ކަމުގައެއް ނޫނެވެ. ރައްޔިތުންނަށް ކިރިޔާ ވެސް އިންސާފެއް ލިބެން އޮތީ އަޅުގަނޑުމެން ފަދަ ސަރުކާރުގެ އިސްވެރިންގެ ބެރަށް ނުނައްޓަވާ ފަނޑިޔާރުން ތިބީމައެވެ.

ﷲ އިރާދަކުރެއްވިއްޔާ މިހާތަނަށް، އަޅުގަނޑު އެއްވެސް މައްސަލައެއް ނިންމުމުގައި ރިޝްވަތެއް ނުނަގަމެވެ. ފަނޑިޔާރުކަމުގެ މަޤާމުން މާދަމާ ވަކިކޮށްލި ކަމުގައި ވިޔަސް އަޅުގަނޑު އެކަން އުފަލާއި އެކު ބަލައިގަންނާނަމެވެ.

ދިވެހިރާއްޖޭގެ ޖުޑިޝިއަރީގައި ވަކި ހިއްޕާފައި ތިބި ނުފޫޒު ގަދަ ފަރާތްތަކުން ކިތަންމެ ބިރެއް ދެއްކިޔަސް، އަޅުގަނޑު އަމިއްލައަކަށް އިސްތިއުފާއެއް ނުދޭނަމެވެ. ބޭނުންވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ކޮރަޕްޝަނާއި ފަސާދަ އެކުލެވޭ މިންވަރު ރައްޔިތުންނަށް އިތުރަށް ހާމަކޮށްދޭށެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓުގައި ތިއްބެވި 9 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރަކު މަޤާމުން ވަކި ކުރާ މަންޒަރު ނުވަތަ ސަސްޕެންޑް ކުރާ މަންޒަރު ވަރަށް އަވަހަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ އެވެ. އަޅުގަނޑަށް ސިޔާސީ މީހުންގެ ފަރާތުން ވަނީ އެ އިންޒާރު ލިބިފައެވެ.

މިއަދު އަޅުގަނޑު ނަން ހާމަކޮށްފައި ނުލިޔުނަސް، އެދުވަހު ހާމަކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިންގަވާ ޖަރީމާތަކުގެ ވާހަކަ ކެރިގެން ދައްކާނަމެވެ. ފަހު ބަހެއްގެ ގޮތުގައި ބުނެލަން ބޭނުން ވަނީ، ފަނޑިޔާރެއްގެ ޤަލަމުން ލިޔުއްވުމުން ރީއްޗެއް ނުވާނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންސާފު ހޯދަން ދުވަނީ، ‘ބޮޑުން” ތިބީ ފިލައި!

ސުވާދީބު

ޖިންނީގެ ސަބަބުން ފިރިހެނުންނަށް ޖެހޭ ބަލިތަކާއި އޭގެ ފަރުވާ!

ސުވާދީބު

ވެލެޒިނީ މައްސަލާގައި ލީޑަރުން “ޗުއްޕު”! ރައްޔިތުން ވާނުވާ ނޭނގި! ލިބެރަލް ރައްޔިތުން ވެލެޒިނީ ކޮޅުގަ. ޤައުމު އޮޔާދަނީބާ؟

ސުވާދީބު
Share