web analytics
މަޖިލިސް

ފައިސާ ބެހި ކަމުގެ ތުހުމަތާ އެކު ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ މައްސަލަ ގައުމީ މަޖިލީހަށް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެމްޑީޕީގެ ޕްރައިމަރީގައި ފަރެސްމާތޮޑާ ދާއިރާގައި ފައިސާ ބެހުމާއި އެހެން ބައެއް ތުހުމަތުތައް ކެންޑިޑޭޓުންގެ ފަރާތުން ތަކުރާރުކޮށް ކުރަމުން އަންނާތީ ޕްރައިމަރީ އަލުން ބޭއްވުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ޝަކުވާ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ފަރެސްމާތޮޑާ ދާއިރާގެ ވޯޓު ކަރުދާސްތައް ދެއްކި ކަމުގެ ޝަކުވާތަކެއް ކެންޑިޑޭޓަކު ހުށަހެޅުމުން ކުރިން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައި އޮތީ އެ މައްސަލަ ބެލެން ނެތް ކަމަށެވެ. އެކަމަކު އިތުރު ދެ ކެންޑިޑޭޓެއްގެ ފަރާތުން މިހާރު ވަނީ އިތުރު ޝަކުވާތަކެއް ހުށަހަޅައިފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ފަހުން މައްސަލަ ހުށަހެޅި ދެ ކެންޑިޑޭޓުން ކަމަށްވާ ހަމްދޫން އަބްދުﷲ އާއި ފަރީޝާ އަބްދުﷲގެ ފަރާތުން ހުށަހެޅި ޝަކުވާގައި، އެ ދާއިރާގައި ހިމެނޭ ރަތަފަންދޫގައި ވޯޓުލި ބައެއް ފަރާތްތަކުން އެހެން މީހުންނަށް ވޯޓު ކަރުދާސް ދެއްކި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެރަށުގައި ވޯޓު ފޮށްޓަށް ކަރުދާހެއް ލުމަށް ފަހު، އެ ކަރުދާސް ނަގައި އެހެން ކަރުދާހެއް ވޯޓު ފޮއްޓަށް ލާފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ދާއިރާގައި މާލޭގައި ބެހެއްޓި ފޮށްޓަށް ވޯޓުލި މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލެވޭ މީހެއްގެ ވޯޓު އެހެން މީހަކު ލައްވައި ލާފައިވާ މައްސަލައަކާއި ދެ މީހެއްގެ ވޯޓުގައި އެކަކު ފާހަގަޖެހި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރަތަފަންދޫގެ ކޮންމެ ގެއަކަށް އެހެން ޕާޓީތަކުން 5،000ރ. ބެހި ކަމަށާއި އަދި ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުން ހަ ލައްކަ ރުފިޔާ ހޭދަކުރި ކަމަށް ވެސް ޝަކުވާ ކޮމެޓީއަށް ބަޔާން ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އެ މައްސަލަތަކަށް ރިއާޔަތްކޮށް، އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލްކުރުމާ މެދު ނުވަތަ އަލުން އެ ދާއިރާގެ ވޯޓު ނެގުމާ މެދު ގޮތެއް ނިންމަން ޗެއާޕާސަން މެދުވެރިކޮށް ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ޕާޓީން މިހާތަނަށް ވަނީ އެއް ދާއިރާއެއްގެ ވޯޓުތައް އަލުން ގުނުމަށް ނިންމައިފަ އެވެ. އެކަމަކު ދެން ހުރި މައްސަލަތައް ބެލެން ނެތް ކަމަށް އެ ޕާޓީގެ ޝަކުވާ ކޮމެޓީން ކުރިން ވަނީ ނިންމައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މި ސަރުކާރުގެ ތެރޭގައިވެސް ވައްކަން އެބަ ހިިނގާ: ޣަފޫރު

ސުވާދީބު

މަޖިލީހުގައި ޕާޓީ ބަދަލުކޮށް ވައްކަމެއް ނުކުރެވޭނެ:ނަޝީދު

ސުވާދީބު

ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް

ސުވާދީބު
Share