web analytics
ދީން

“ފިއްކަނޑައިގެން ދަނީ” ހަމައެކަނި ވަކި ވައްތަރެއްގެ ހަރުކަށި ފިކުރުން ހެއްޔެވެ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ލިއުނީ

 ابن محمد

“މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަ ތަކެއް!” މީ ރާއްޖޭގެ މަޝްހޫރު ދުވަހު ނޫހެއްގެ، މީގެ ދެދުވަސް ކުރީގެ ފަލަ ސުރުހީ އެވެ. ފިތް ވާ ކަނޑައިގެން ހިގައްޖެ އެވެ. މައްސަލައެއް ނެތެވެ. އަމިއްލައަށް ކޯޓު ހަދައިގެން މީހުނަށް މަރުގެ ހުކުމްކޮށް، ހިތަށް އެރި ބަޔަކު ކާފަރުކޮށް އުޅުމަކީ އިސްލާމްދީން ގޮވާލާގޮތެއް ނޫނެވެ. އެއީ ހަމަ ހައްދުތައް ފަހަނައެޅުމެވެ. މައްސަލައެއް ނެތެވެ. ހަމަ ފިއްކަނޑައިގެން ހިގައްޖެ އެވެ! ނަމަވެސް މީގެ މަސްތަކެއް ކުރީން އެމް.ޑީ.އެން ނަމަކަށް ކިޔާ ޖަމްއިއްޔާ އަކުން ކީރިތި ރަސޫލުﷲ (ސ.އ.ވ) އަކީ ތަކްފީރީ އެކޭ، މިއުރާޖް އަރައި ވަޑައިގަތުމަކީ ފުލޯކު ވާހަކައެކޭ ބުނެ ރިޕޯރޓެއް ނެރުމުން މިދެންނެވި ދުވަހު ނޫހުން “ފިއްކަނަޑައިގެނެއް” ނުދެއެވެ. ވަކި ކޮޅަކަށް ގޮސް ހައްދުން ނެއްޓުމުން ފިއްކަނޑައިގެން ދަންޏާ، އޭގެ އަނެއް ކޮޅަށް ގޮސް ހައްދުން ނެއްޓުމުންވެސް ފިއްކަނޑައިގެން ދާން ޖެހޭނެއެވެ. އެހެން ނުވާނަމަ ބުނެވޭނީ އެއީ ވަކިކޮޅަކަށް ޖެހިފައިވާ ބައެއް ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުނާ ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން، ދަރީންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދީން މައިންބަފައިން އަތުން ނަގާ، އެކުދީންގެ ބޮޑު ދައިތައާ ހަވާލު ކުރެވުނެވެ. އަދި އެފަދަ ބައެއް އާއިލާ ތަކަށް ނަސޭހަތްދީ، ނަސޭހަތް ޤަބޫލު ކުރި އާއިލާ ތަކުގެ ކުދީންނަށް ވެކްސިން ދެވުނެވެ. ހަމަ މި ބީދައިން ވިސްނައިގެން، އޭގެ އަނެއް ކޮޅަށް ބަލާލަމާ ހިގާށެވެ. ބާލިއުވެފަ ތިބޭ އަންހެން ދަރީން ބުރުގާ ނާޅުވާ، ކުރު ހެދުން ކޮޅު ލައްވައިގެން، ބޯއިފްރެނޑުންނާ އެކީ ދަތުރު ފޮނުވާ، ކުރު ސޯޓުކޮޅު ލައިގެން އަންހެން ދަރީން، އެކުދީންގެ ބޯއިފްރެންޑުންނާއެކީ ޕިކްނިކް ދަތުރު ފޮނުވާ ހަދާ މައިންބަފައިންނަށް ވެސް ނަސޭހަތްދޭން ނުޖެހޭ ބާވައެވެ؟ އެފަދަ މައިންބަފައިން އެނަސޭހަތް ޤަބޫލްކޮށް ދަރީން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތި އުސޫލް ޙިޔާރު ނުކޮށްފިނަމަ އެފަދަ މައިންބަަފައިން އަތުން ދަރީން ނެގުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟

އެއް ކޮޅުން ގޮސް ހައްދުން ނެއްޓީމަ ހަރުކަށި ފިޔަވަޅު އަޅާ ގޮތަށް އަނެއް ކޮޅުން ގޮސް ހައްދުން ނެއްޓީމަ ފިޔަވަޅު އެޅުން ކަމުނުދަނީ ކީއްވެގެން ބާވައެވެ؟ ދިވެހި އިސްލާމީ މިމުޖުތަމައުގައި މިންގަނޑުތައް ބަހައްޓަން ޖެހެނީ ހުޅަނގުގެ އުސޫލަށް ބާވައެވެ؟ ބައެއް މީހުން ދެކޭގޮތުގައި ހުޅަނގުގެ ސަގާފަތަށް ދަރީން ބޮޑުކުރުން މައްސަލައެއް ނެތެވެ! އެއީ އިންސާނީ ހައްގެވެ. އެކަމަކު އެފަދަ މީހުން ބުނާ ގޮތުގައި އިސްލާމީ އުސޫލަށް ކުދީން ތަރުބިއްޔަތު ކުރުމަކީ އެކުދީންގެ އިންސާނީ ހައްޤުން މަހްރޫމް ކުރުވުމެވެ. މިއީ ކޮންކަހަލަ ވިސްނުމެއްތޯއެވެ؟

ދުނިޔެއާއި އާޙިރަތުގެ ދުޢާ

މިފަދަ އެހެން ވާހަކައެކެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯރޓް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އުވާލަން ސަރުކާރުން ނިންމިތާ ދެމަސް ދުވަސް ފަހުން އެންމެ ފަހުން އެޖަމްއިއްޔާ އުވާލައިފިއެވެ. އެމް.ޑީ.އެން އުވާލުމަކީ އިސްލާމް ދީނަށް ލިބުނު ނަސްރެއް ކަމުގައި ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވި އިރު އެމް.އާރ.އެމް ގެ ލީޑަރ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ އެއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެމްޑީއެން ރިޕޯޓުގައި ގުރުއާނުގެ ނައްސުން އައިސްފައިވާ އެތައް ކަމަކާ ދެކޮޅަށް ލިޔެފައިވެއެވެ. މިސާލަކަށް ރަސޫލުﷲ (ސ.އ.ވ) ގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކައެއް ކަމަށް އެރިޕޯރޓްގައި ވެއެވެ. އެގޮތުން ދީނުގެ އަސާސްތަކާއި، އަގީދާ އާއި، މުސްލިމުން ގަބޫލުކުރާ އެތައް ކަމަކާމެދު އެރިޕޯރޓްގައި ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

މިވަރުގެ ޖަރީމާއެއް ހިންގި ބަޔަކު އަދިވެސް އެތިބީ އަރާމުގައެވެ. ދައުވާއެއް ނުކުރެވެއެވެ. އެމް.ޑީ.އެން މައްސަލަ ފެންމަތިވި އިރު އެޖަމްއިއްޔާގެ ޗެއާރޕާސަން އަކަށް ހުރި ނޫޝަން އަދިވެސް ހުރީ ރައީސް އޮފީހުގެ ހާއްސަ ކޮންސަލްޓެންޓެއްގެ މަޤާމްގައެވެ. އެމް.ޑީ.އެން ގެ އެންމެ އިސް އެއް ފަރާތް ކަމުގައިވާ ޝަހިންދާ އިސްމާއިލް ހުރީ ޖަރުމަނުގައެވެ. ޖަމްއިއްޔާ އުވާލުމުން ޝަހިންދާ ބުނެފައިވަނީ އެމް.ޑީ.އެން އުވާ ނުލެވޭނެ ކަމަށާއި ޖަމްއިއްޔާގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ހަޤީގީ ސަބަބަކީ އެމެް.ޑީ.އެންގެ ރިޕޯޓް ކަމަށް ވެސް ޝަހިންދާ ބުނެފައިވެއެވެ. އެހެންކަމުން އެމް.ޑީ.އެން އަދި އުވާލިއަކަސް ދީނަށް ލިބުނު ނަސްރެއް ނެތެވެ. އަދި ސިޔާސީ ބަޔަކު ނުވަތަ ރައްޔިތުންވެސް މިކަމާ އުފާކުރަން ޖެހޭ ސަބަބެއް ވެސް އެކަމުގަ ނެތެވެ.

އެރިޕޯރޓް ލިއުނު މީހުނަށް އެއްވެސް ފިޔަވަޅެއް ނޭޅި، ދައުވާއެއް ނުކުރެވި، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ސަރުކާރުގެ ސިޔާސީ ވަޒީފާގަ ތިބުމުން ބުނެވޭނީ އެމް.ޑީ.އެން އުވާލެވުނީ ހަމަ ނަމަކަށޭއެވެ. ހަރުކަށި ފިކުރަކީ ހަމައެކަނި އިސްލާމް ދީނާ ގުޅުވައިގެން ހަރުކަށިކަން އިސްކުރުމެއް ނޫނެވެ. އިސްލާމް ދީނުގެ ރިވެތި އުސޫލްތަކާ ޙިލާފަށް، ހުޅަނގުގެ ގޮތްތަކަށް އުޅުމަކީ ވެސް ހަމަ ހަރުކަށި ކަމެވެ. މަޑުއްވަރީން ފެނުނު މީހުންނަކީ އެއްގޮތަކުން ގޮސް ހައްދުން ނައްޓާފައިވާ ހަރުކަށި ބައެކެވެ. އެމްޑީ.އެން އާއި އެމީހުންނަށް ތާއިދު ކުރާ ދިވެހީންނަކީ އަނެއްކޮޅަށް ގޮސް ހައްދުން ނައްޓާފައިވާ ހަރުކަށި ބައެކެވެ. މިދެފިކުރަކީ ވެސް ހަރުކަށި ފިކުރެވެ. މިދެފިކުރަކީ އެއް ފައިސާ ފޮތީގެ ދެފަރާތެވެ. މިދެފިކުރާ ދެކޮޅަށް އެއްވަރަކަށް މަސައްކަތް ނުކުރާ ނަމަ ބެލެވޭނީ އެއީ ވަކިކޮޅަކަސް ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން މިދެވައްތަރުގެ ހަރުކަށި ފިކުރާ ދެކޮޅަށް އެއްވަރަކަށް ސަރުކާރުން މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިއްމު ކަމަކެވެ.

 

===========================

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިލްޔާސް ގެ ރައްދު ކެނެރީގޭ ނަޝީދުއަށް

ސުވާދީބު

ދީނަށް ފާޑުކިޔާ ކިޔާ ބަޔަކާއި އެކު ހިތާއި ހިތުގެ ގުޅުމެއް ނުބޭއްވޭނެ – ޝައިހް އިލްޔާސް

ސުވާދީބު

ސަޖިދަވަޅުން ލިބޭ ރަޙްމަތް ތިބާއަށް ފެންނަނަމަ ސަޖިދައިން ތިބާ ނުތެދުވާނެއެވެ.

ސުވާދީބު
Share