web analytics
ް މުނިފޫހި ފިލުވުން

“ފިފްޓީ ޝޭޑްސް” ގެ ތަރި ޑަކޯޓާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

“ފިފްޓީ ޝޭޑްސް” ގެ ފިލްމުތައް ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ ޑަކޯޓާ ޖޯންސަން އޭނާގެ ލޯބިވެރިޔާ ކްރިސް މާޓިން އާއި އެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑަކޯޓާ އާއި މާޓިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ޑަކޯޓާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ގެނެތު ޕަލްޓްރޯ އަދި އޭނާގެ ފިރިމީހާ ބްރެޑް ޕަލްކުން އާއި ދެދަރިން ވެސް ވަނީ އެމީހުންނާއި އެކު ރާއްޖެ އައިސްފައެވެ. ގެނެތު އަކީ މާޓިންގެ ކުރީގެ އަނބިމީހާ އެވެ.

ޑަކޯޓާ ރާއްޖެ އައިސްފައި ވަނީ ކްރިމަސްގެ ކުރިންނެވެ. އާއަހަރު ފެށުން ވެސް އެމީހުން ރާއްޖޭގައި ފާހަގަ ކޮށްފައި ވާއިރު ރާއްޖެ އިން ފުރާނެ ދުވަހެއް އަދި ނޭނގެއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރަން މިއަހަރު ވެސް ވަރަށް ގިނަ އަދަދެއްގެ މަޝްހޫރު ތަރިންނާއި މަޝްހޫރު ކުޅުންތެރިން އާއިލާ އާއި އެކު ރާއްޖެ އައިސްފައި ވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ސުވާދީބު

ޕްރިޔަންކާގެ އެންގޭޖްމެންޓް އަނގޮއްޓި އެންމެ ފަހުން ފެނިއްޖެ

ސުވާދީބު

ނައިރާ އާއި ކާތިކްގެ ދަރިފުޅު މަރެއް ނުވޭ!

ސުވާދީބު
Share